Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 3:7 - ކިތާބުލް މުޤައްދަސާ

7 ކަލޯތީ މާމޮޅު މީހެއްކަމަށް ހީކޮށް ނުހުންނާށެވެ. އަބަދުވެސް މާތްރަސްކަލާނގެއަށް ބިރުވެތިވެ ނުބައި މަގަށް ފުރަގަސްދޭށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 3:7
19 ပူးပေါင်းရင်းမြစ်များ  

ދެން ދާއޫދުގެފާނު ބިންމަތިން ތެދުވެވަޑައިގެން ނާނަފުޅުފިއްލަވައި، ގައިކޮޅުގައި ތެޔޮފޮދު ތުރުކުރައްވައި ހެދުންކޮޅު ބަދަލު ކުރައްވައިގެން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވުމަށް އަޅުކަމުގެ މަޤާމަށް ވެދެވަޑައިގެންފިއެވެ. އެކަންތަކަށް ފަހު ގެޔަށް އެނބުރި ވަޑައިގެން ފަރިއްކޮޅު ތައްޔާރު ކުރުމަށް ވިދާޅުވުމުން ޚާދިމުން ފަރިއްކޮޅު އަރުވައިފިއެވެ. ދެން އެކަލޭގެފާނު ރަނގަޅަށް ފަރީއްކުޅުއްވައިފިއެވެ.


”⁠ބިރު ނުގަނޭ!⁠“ މޫސާގެފާނު ވިދާޅުވިއެވެ. ”⁠މާތްކަލާނގެ މިތަނަށް ފައިބާ ވޮޑިގެންނެވީ ކަލޭމެން އިމްތިޙާނު ކުރައްވަން. އެއީ އޭރުން ކަލޭމެން އެކަލާނގެއަށް ކިޔަމަންގަނެ، ފާފަ ކުރަން ބިރުގަންނާނެތީ!⁠“


ބުއްދިވެރިޔާ ނުރައްކަލަށް ހުށަހޮޅި ނުގަނެވޭތޯ ބަލާނެއެވެ. މޮޔަމީހާ ފަރުވާލެއް ނެތި ނިކަން އަވަހަށް ނުރައްކަލުގެ ތެރެއަށް ބޯ މަހާލާނެއެވެ.


މާތްރަސްކަލާނގެއަށް ބިރުވެތިވުމަކީ ދިރުން ލިބޭ ފައްވާރާއެކެވެ. އެކަމުން ތިމާއަށް ވަސްވާހާއި މަރުން ސަލާމަތްކަން ލިބިދެއެވެ.


ފާފައިން އަފޫވާނީ އިޚުލާސްތެރި ކަމާއެކު އެކަލާނގެ ދެކެ ލޯބިވުމުންނެވެ. ވަހުޝީ އަމަލުތަކުން ސަލާމަތްވާނީ އެކަލާނގެ ދެކެ ބިރުވެތި ވުމުންނެވެ.


މުއްސަނދިވާހިތުން ތެޅިނުފޮޅޭށެވެ. ފުދޭވަރު ވުމުން އެކަން ދަންނަން ވާނެއެވެ.


ތިމާ އަމިއްލައަށް ތިމާއަކީ މާ ވިސްނޭ މީހެއްކަމަށް ހީކޮށް ހުންނަ މީހާއަށް ވުރެން އެންމެ ގަމާރު މީހާ ވެސް މާ ބުއްދިވެރިއެވެ.


މޮޔައެއްގެ ސުވާލުތަކަށް ދޭންވާނީ ވެސް މޮޔަ ޖަވާބެކެވެ. އޭރުން އެ ސުވާލު ކުރި މީހާއަކީ އޭނާ ހީކުރިވަރުގެ ކުޅަދާނަ މީހެއް ނޫންކަން ވިސްނިދާނެއެވެ.


މުއްސަނދިމީހާ ހީކުރަނީ އޭނާއަކީ ނިކަން ބުއްދިވެރިއެއް ކަމަށެވެ. އެކަމަކު ވިސްނުންތެރި ފަގީރު މީހާއަށް އެމީހުންގެ އެތެރެފުށް ސާފުކޮށް ފެނެއެވެ.


ތިމާއަށް ފެންނަގޮތް ރަނގަޅުކަމަށް ހީކުރާ މީހާއަކީ މޮޔައެކެވެ. ވިސްނުންތެރިކަމާއެކީ އުޅޭމީހާއަށް ރައްކާތެރިކަން ލިބެއެވެ.


މާތްރަސްކަލާނގެއަށް ކަލޭމެން ބިރުވެތިވާނަމަ ކަލޭމެން ނުބައި ނުލަފާކަމާ ދުރުހެލިވާށެވެ. އަހަރެން ބޮޑާކަމާއި ކިބުރުވެރިކަމާއި ދޮގުވެރިކަމާއި ގޯސްކަންތައް ދެކެ ނަފްރަތު ކުރަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ