Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 3:6 - ކިތާބުލް މުޤައްދަސާ

6 ދަރިފުޅާއެވެ! އަބަދުވެސް ހިނގަންވާނީ އެކަލާނގެ ރުހިވޮޑިގަންނަވާ މަގުންނެވެ. އެކަލާނގެ ކަލޯއަށް ސާފުސީދާ ތެދުމަގު ދައްކަވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 3:6
27 ပူးပေါင်းရင်းမြစ်များ  

ޙަޤީޤީ ރަނގަޅު މީހާ ކުރާކަންތައް އޮމާންވެ ސާފުސީދާ ވާނެއެވެ. ނުބައިމީހާ ވެއްޓޭނީ އޭނާގެ ފާފައިގެ ތެރެއަށެވެ.


މާތްރަސްކަލާނގެ ކިބަފުޅުން ބަރަކާތަށް އެދޭށެވެ. އޭރުން ތިމާ ކުރަން ބޭނުންވާ ކަންތައް ހާސިލުވާނެއެވެ.


ކަންތައް ރާވަނީ އިންސާނާއެވެ. ކަންތައް ކުރެވޭނެ ގޮތް މެދުވެރި ކުރައްވަނީ މާތްރަސްކަލާނގެއެވެ.


ފާފަވެރިން އުޅޭގޮތަށް އުޅެން ހިތް ނޭދޭށެވެ. އަބަދުވެސް މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވާށެވެ.


ކަންތައްތަކާއިމެދުގައި ކަންބޮޑު ނުވާށެވެ. އަދި ކޮންމެ ކަމަކަށް އެދި ޝުކުރުވެރިކަމާއެކު މާތްރަސްކަލާނގެއަށް ދަންނަވާށެވެ.


ތިޔަބައިމީހުން ކުރާކޮންމެ ކަމެއް މާތްސާހިބާ އީސާގެފާނުގެ ނަންފުޅު މަތީގައި ކުރާށެވެ. އެއީ އެކަލޭގެފާނު މެދުވެރިކޮށް ބައްޕާފުޅު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާށެވެ.


ކުރާކޮންމެ ކަމެއް ނިކަން ގަޔާވެގެން ކުރާށެވެ. އެކަމަކީ މާތް ސާހިބާއަށްޓަކައި ކުރާ ކަމެއްކަމަށް ހިތައިގެންނެވެ. އެއީ އިންސާނުންނަށް ކޮށްދޭ ކަމެކޭ ނުހިތާށެވެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތު ވޭތުކުރުމުގެ ޙިކުމަތް ކަލޭމެންގެ ތެރެއިން އެއްވެސް މީހަކަށް ލިބިގެންނުވާނަމަ އެކަލާނގެ ކިބަފުޅަށް އެމީހަކު އެދި ދަންނަވާށެވެ. އަދި އެފަދައިން އެދޭ ހުރިހާ އެންމެންނަށް ފާޑުކިޔުމެއްނެތި ދީލަތިކަމާއެކު އެކަލާނގެ ޙިކުމަތް ދެއްވާނެއެވެ.


ދާއޫދު މާތް ރަސް ކަލާނގެއަށް ދެންނެވިއެވެ. ”⁠މިރަށަށް އަރައިގަތް މީހުންގެ ފަހަތުން އަޅުގަނޑު ދާންވީތޯ؟ އެމީހުންގެ މައްޗަށް އަޅުގަނޑަށް ގަދަކަން ލިބޭނެ ތޯ؟⁠“ ”⁠އެމީހުން ފަހަތުން ދޭ!⁠“ މާތްރަސްކަލާނގެ ޖަވާބު ދެއްވިއެވެ. ”⁠ކަލެއަށް އެމީހުން އަތުލައިގަނެވި އެމީހުން ގެންދިޔަ ތަކެތި އަނބުރާ ލިބޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ