30 ކަލޯއަށް ގެއްލުމެއް ނުވާހާ ހިނދަކު ޒުވާބެއް ކޮށްލުމުގެ ބޭނުމުގައި މީހަކާ ޒުވާބެއް ނުކުރާށެވެ.
އަރައިރުމެއް ފެށުމެކޭ ހިފަހައްޓާފައި ހުރި ފެންގަނޑެއްގެ ދޮރާށި ހުޅުވާލުމެކޭ އެއްފަދައެވެ. ޒުވާބެއް ފެށުމުގެ ކުރީގައި އެކަން ހުއްޓުވާށެވެ.
މޮޔައެއްގެ ބަސްތައް އަރާރުމަކަށް ވެދެއެވެ. އެންމެފަހުން އޭނާގެ ގަޔަށް އެތިފަހަރު އަރައިދެއެވެ.
ބަޔަކު މީހުން ކުރާ ޒުވާބުގަނޑެއްގެ ތެރެއަށް ވަނުމެކޭ ކުއްތާއެއްގެ ކަންފަތުގައި ހިފައި ދަމައިގަތުމެކޭ އެއްފަދައެވެ.
ރުޅިއައިސްފައި ހުންނަ މީހާ ތަޅާފޮޅުމެއް ފަށައިގަނެއެވެ. ރުޅި އަވަސް މީހާ ހުރިހާ ބާވަތެއްގެ ފާފައަކަށް އަރައިގަނެއެވެ.
މާތްސާހިބާގެ ޚާދިމުންނަކީ މައްސަލަތައް އުފައްދާ ބައެއް ނޫނެވެ. އެމީހުންނަކީ މީސްތަކުންނަށް އޯގާތެރި އަދި ކެތްތެރިކަމާއެކު އުނގަންނައި ދެވޭ ފަދަ ބަޔަކަށް ވާންޖެހޭނެއެވެ.