Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 3:3 - ކިތާބުލް މުޤައްދަސާ

3 ވަފާތެރި ކަމާއި ހިތްހެޔޮކަން ދޫކޮށް ނުލާށެވެ. މިކަންތައް ކަރުގައި ހާރެއްހެން އަޅާށެވެ. އަދި ހިތުގައި ލިޔެ ބިންވަޅު ނަގާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 3:3
23 ပူးပေါင်းရင်းမြစ်များ  

އެހެންނޫނަސް ކަލޭ އަހަރެންގެ ގާތަށް އައީވެސް އިހަކަށް ދުވަހު. ކަލޭ އަހަންނާއެކު އެއްތަނުން އަނެއްތަނަށް ދާންވީ ކީއްކުރަންތަ؟ އަހަރެން ދާނެ ތަނެއް އަހަންނަށް ވެސް އެނގެނީއެއް ނޫން. އެހެން ހަދާނެކަމެއްނެތް. ކަލޭގެ ރަށުމީހުން ގޮވައިގެން އެނބުރި ރަށަށް ދޭ. ކަލެއަށް ރަނގަޅު ހެޔޮގޮތްތައް މެދުވެރިވޭތޯ އަހަރެން ދުޢާ ކުރާނަން.⁠“


މިޢީދަކީ އެކަމުގެ ހަނދާން ކަލޭމެންނަށް އާކޮށް ދޭނެ ޢީދެއް. އެއީ ކަލޭމެންގެ އަތާއި ނިތްކުރީގައި ބަނދެފައި ހުންނަ ހަނދާނީފަށް ފަދައިން. މި ދުވަސްތައް މާތްރަސްކަލާނގެ ޤާނޫނު ހަނދުމަ ކޮށްދީ ބުނެދިނުމަށް ކަލޭމެންނަށް އެހީވެދޭނެ: ’⁠މިދުވަހު މާތްރަސްކަލާނގެ ކުޅަދުންވަންތަ އަތްޕުޅުން ކަލޭމެން މިޞްރުން ނެރުއްވި.⁠‘


ދެން މާތްރަސްކަލާނގެ މޫސާގެފާނުގެ ކުރިފުޅުމަތިން ހުރަސްކުރެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”⁠އަހަރެންނަކީ ޔަހޫވޭ! އަދި މާތްރަސްކަލާނގެ! އަހަރެންނަކީ އޯގާވަންތަ ރަޙުމަތްވަންތަ ކަލާނގެ! އަހަރެންނަކީ ކޯފާވުން ލަސް، ދެގޮތެއްނުވެ ލޯބިވާ ވަފާތެރި ކަލާނގެ.


އެހެނީ އެމީހުން ދޭ ފިލާވަޅުތައް ބޮލުގައި އަޅާ ޒީނަތުގެ ތާކިހަލެއް ފަދައެވެ. އަދި ކަރުގައި އަޅާ ބަރަކާތްތެރި ގިލަފައްޗެއް ފަދައެވެ.


ނުބައިކަމަކަށް ރާވާމީހާ ވާނީ ގެއްލިހަލާކެވެ. ހެޔޮކަންތައް ރާވާމީހާއަށް އެހެންމީހުންގެ ލޯތްބާއި ވަފާތެރިކަން ލިބޭނެއެވެ.


ފާފައިން އަފޫވާނީ އިޚުލާސްތެރި ކަމާއެކު އެކަލާނގެ ދެކެ ލޯބިވުމުންނެވެ. ވަހުޝީ އަމަލުތަކުން ސަލާމަތްވާނީ އެކަލާނގެ ދެކެ ބިރުވެތި ވުމުންނެވެ.


ރަސްގެފާނަށް ސަލާމަތްކަން ލިބެނީ އަމާނާތްތެރިކަމާއި ދެގޮތެއް ނުވާ ލޯބިންނެވެ. އަދި އެރަސްކަން ދެމެހެއްޓެނީ ހުރިހާ އެންމެން ދެކެ ދެގޮތެއް ނުވެ ލޯބިވާނަމައެވެ.


ކަލޯއަށް އިވުނު ބަސްތައް ހިތުގައި ހަރުލައްވާށެވެ. ކަރުގައި އަޅާ ހާރެއް ހެން އަބަދު އަޅައިގެން އުޅޭށެވެ.


މި ބަސްތައް ކަލޯގެ އަތުގެ އިނގިލިތަކުގައިއާއި ކަލޯގެ ހިތުގެ ފުންމިނުގައި ހަރުލައްވާށެވެ.


ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ކަލޭމެންގެ އާމްދަނީގެ ތެރެއިން ނުވަތަ ކަލޭމެންގެ ހަވާދު ދަނޑުގައިވާ ކުދީނާ އާއި ދަމުއި އާއި ދިރީގެ ބާވަތްތަކުން ވިޔަސް ދިހަބައިކުޅަ އެއްބައި މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަކުރައްވައި ކަލޭމެން ހުށަހަޅަން. ނަމަވެސް ތައުރާތުގައި ބަޔާންވެގެންވާ އެންމެ މުހިންމު އުނގަންނައިދިނުންތައް ކަމުގައިވާ އިންސާފާއި، ރަޙުމަތާއި، ތެދުވެރިކަމާއިމެދު ކަލޭމެން ވަނީ އުރެދިފަ. ކަލޭމެންގެ ތަކެތިން ދިހަބައިކޮއް އެއްބައި ދިނުމަކީ ކުރަންޖެހޭނެ ކަމެއް. އެހެންވިޔަސް އެއީ އެއަށްވުރެ މުހިންމު ކަންތައްތައް ނުކޮށެއް ނޫން.


އެހެނީ، މިފަދަ އަލިކަމެއް އުފެއްދޭނީ ތިޔަބައިމީހުންގެ ކިބައިގައި ހެޔޮކަމާއި، ސާލިޙުވަންތަކަމުގެ އިތުރުން ތެދުވެރިކަން ވެސް އެވެ.


”⁠ވަގުތު ޖެހުމުން ތިމަންކަލާނގެ އެމީހުންނާ އެކު ޢަހުދުނާމާއެއް ގާއިމުކުރައްވައި، އެމީހުންގެ ސިކުނޑިތަކާއި ހިތުގައި ތިމަންކަލާނގެ އަމުރުފުޅުތައް ލިޔެ ދެއްވާނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ