24 އޭރުން ހިތްދަތިކަމެއް ނެތި ކަލޯއަށް އަރާމު ކުރެވޭނެއެވެ. އަދި ބިރެއްނެތި ނިދާލެވޭނެއެވެ.
އެއާ ޚިލާފަށް ކަލޭމެން އަހަރެންގެ ބަސް އަހާނަމަ ކަލޭމެންނަށް ރައްކާތެރިކަން ލިބިގަނެވޭނެއެވެ. ކަލޭމެންނަކަށް ކުއްލި މުސީބާތަކަށް ބިރެއް ގަންނާކަށެއް ނުޖެހޭނެއެވެ.“
މާތްރަސްކަލާނގެއަށް ބިރުވެތިވުމުން ދިގު އުމުރެއް ލިބެއެވެ. ނުރައްކަލުން ސަލާމަތްވެ ހިތްހަމަޖެހުން ލިބެއެވެ.
ކަލޯ ހިނގާ ބިނގާވެ އުޅޭއިރު އެބަސްތައް ކަލޯއަށް މަގު ދައްކާނެއެވެ. ކަލޯ ނިދީމާ އެބަސްތައް ކަލޯއަށް ރައްކާތެރިކަން ދޭނެއެވެ. ކަލޯ ހޭލީމާ އެބަސްތައް ކަލޯއަށް ހެޔޮ ނަސޭހަތް ދޭނެއެވެ.
ޕަތަރަސް އާއްމުންގެ ކުރިމައްޗަށް ޝަރީޢަތަށް ނެރެވުނު ދުވަހުގެ ކުރީ ރޭ އޭނާއަށް އޮތީ ނިދިފައެވެ. އޭނާގެ ދެ ފަރާތުގައި ދެ ސިފައިން ފޯރިއަށް ތިއްބެވެ. އޭނާގެ ދެ އަތުގައި ވަނީ ހިލިހިލާ ވެސް ޖެހިފައެވެ. އަދި އޭނާ އިން ގޮޅީގެ ދޮރުމަތީގައި ވެސް ސިފައިން ފޯރިމަރަމުން ދިޔައެވެ.