20 ކަނޑުތައް ފަތުރުއްވައި ވިލާތައް އުދުއްސަވައި ފެން ވެއްސަވަނީ އެމަތިވެރި އިލްމުފުޅުންނެވެ.
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”އުޑުގެ ދަށުގައި ހުރި ފެން އެއްތަނަކަށް އެއްވޭ! އޭގެ ތެރޭން ހިކިފަސްތަން ފާޅުވޭ!“ ދެން އެކަން އެ ގޮތަށް ހިނގައިފިއެވެ.
މާތްކަލާނގެ އެ މައިދާނުގައި ފުރިހަމައަށް ގޮވާން އަޅާނެ ފަދައިން ގިނައިން ވާރޭ ފޮނުއްވާނެ. އެގޮތުން ދަރިފުޅުގެ މައިދާނުގައި ގިނަގުނަ ގޮވާމާއި މޭބިސްކަދުރު ހެދޭނެ.
ނޫޙުގެފާނުގެ އުމުރުފުޅުން ހަސަތޭކަ އަހަރުގެ ދެވަނަ މަހުގެ ސަތާރަވަނަ ދުވަހު ބިމުގެ އަޑީގައިވާ އެންމެފުން ފެންއާރުތަކުގެ ފެންފަށަލަތައް ފަޅަފަޅައިގެން ދިޔައެވެ. އަދި އުޑުގައި ފެން ހިފަހައްޓައިދޭ ހުރިހާ ދޮރާށިތަކެއް ހުޅުވިގެން ދިޔައެވެ.
އަހަރެން އުފަންވި އިރަކު ކަނޑެއް، ކޯދުލައިއަރާ ފެނުގެ ފައްވާރާއެއް ނެތެވެ.