2 ކަލޯ މި ބަސްތައް އަހައިފިނަމަ ކަލޯއަށް އުފާވެރި ދިގު އުމުރެއް ލިބިގެންދާނެއެވެ.
މާތްރަސްކަލާނގެއަށް ބިރުވެތިވެ ވާށެވެ. އޭރުން ކަލޭގެ އުމުރު ދިގުވާނެއެވެ. ނުބައިކަންތައް ކުރާ މީހާގެ އުމުރު ކުރުވާނެއެވެ.
ނުރަ ޖެހުމަކީ ފަޚުރުވެރި ތާޖެކެވެ. އެއީ ހެޔޮމީހުންނަށް ލިބޭ އިނާމެކެވެ.
މަގޭ ދަރިފުޅާއެވެ. ކަލޯ މަގޭ ބަސް އަހާށެވެ! އޭރުން ކަލޯއަށް ދިގު އުމުރެއް ލިބޭނެއެވެ.
އަހަރެންގެ ފަހަތުން ކަލޭމެން އުޅޭނަމަ ކަލޭމެންނަށް ދިގު އުމުރެއް ލިބޭނެއެވެ.
ޖިސްމާނީ ތަމްރީނުތަކުގައި މިންވަރެއްގެ އަގެއް ހިމެނިގެން ވިޔަސް ރޫޙާނީ ތަމްރީނުތައް އެއަށް ވުރެން މާ މުހިންމެވެ. އެއީ ވަޢުދުވެ ވަޑައިގެންވީ ފަދައިން މިކަމުގެ ޖަޒާ ލިބިދެނީ މި ޙަޔާތުގެ އިތުރުން އަބަދަށެވެ.