17 ވިސްނުންތެރިކަމަކީ ދިރިއުޅުން އުފާވެރި ކޮށްދީ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭ އެއްޗެކެވެ.
މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުމުން އަދާވާތްތެރިން ވެސް އެމީހުނާ ސުލްޙަ ވެއެވެ.
އެހެނީ ކަލޯ އޭރުން ހުންނާނީ ވިސްނުންތެރި އަކަށް ވެފައެވެ. އަދި އިލްމު ކަލޯގެ ހިތަށް ފިނިކަން ލިއްބައިދޭނެއެވެ.
އެހެނީ މިބަސްތައް ހިތުގައި ހުރުމަކީ ރަނގަޅު ކަމެކެވެ. އޭރުން މިބަސްތައް ވަގުތުޖެހުމުން ދުލުކުރިއަށް އަންނާނެއެވެ.
އެ އަލީގެ ސަބަބުން ބިރާއި އަނދިރީގެ ތެރޭގައި ވާ މީހުންނަށް އަލިކަން ލިބި ތެދުމަގު ފެންނާނެ. އަދި އަހަރެމެންގެ ފިޔަވަޅުތައް އަމާންކަމުގެ މަގަށް އެނބުރޭނެ.“