11 ދަރިފުޅާއެވެ! މާތްރަސްކަލާނގެ ކަލޯ ތަރުބިއްޔަތު ކުރުމަށް އަދަބެއް ދެއްވިޔަސް އެކަލާނގެއަށް ފުރަގަސް ނުދޭށެވެ. އެކަލާނގެ އެ ދެއްވި އިންޒާރަކަށް ފުރިހަމަޔަށް ސަމާލުކަން ދޭށެވެ.
ބުރަ ބޮޑުވުމުން ދޫދޭ މީހާގެ އަޒުމު ދެރައީއެވެ.
ކަލޭމެންގެ ފިކުރުގައި އީސާގެފާނު ކުރެއްވި ކަންތައް ހަރުލައްވާށެވެ. ފާފަވެރިންގެ ކިބައިން އެކަލޭގެފާނަށް ކުރިމަތިވެ ވަޑައިގެންނެވި ދުއްތުރާތަކަށް ކެތްތެރިވެ ވަޑައިގަތެވެ. މިކަންތައް ހިތުގައިވާނަމަ ކަލޭމެން ވެސް ނާއުންމީދުވެ ފަހަތަކަށް ނުޖެހޭނެއެވެ.
އަހަރެން އިސްލާޙުކޮށް ތަރުބިއްޔަތު ކުރާނީ އަހަރެން ލޯބިވާ ހުރިހާ އެންމެން. އެހެންވީމާ އިޚުލާސްތެރިވެ ތިބޭ. އަދި ފާފަ ކުރުމުން އެއްކިބާވެ ތައުބާވޭ.