6 ނުބައި މީހުން ފާފައިގެ ދަންތުރައިގައި ޖެހެއެވެ. ޞާލިޙު މީހާ އެކަމުން ސަލާމަތްވެ އުފާ ފާޅުކުރެއެވެ.
ދެން މޫސާގެފާނާއި ބަނީއިސްރާއީލުގެ މީހުން މާތްރަސްކަލާނގެއަށް މިފަދައިން އެމީހުން ޙަމްދު ސަނާ ދެންނެވިއެވެ. ”މާތްރަސްކަލާނގެއަށް މިއަޅާ މިހެން މަދަހަސަނާ ދަންނަވަން. އެކަލާނގެއަކީ ކާމިޔާބު ދެއްވާ ޖަލާލުވަންތަ ކަލާނގެ. އެކަލާނގެ އަހާއި އަސްވާރު ކަނޑު ލެއްވި.
މާތްރަސްކަލާނގެއަށް އުންމީދުކުރާ މީހާގެ ދިރިއުޅުން އުފާވެރިވާނެއެވެ. ނުބައިމީހާއަކަށް އުންމީދެއް ނޯވެއެވެ.
ވިޔާނުދާ ބަސްތައް ބުނާ މީހާ ވެއްޓޭނީ އޭނާ ކޮނުނު އަނދަވަޅަށެވެ. އެކަމަކު ހެޔޮމީހާ އެއަނދަވަޅަކަށް ނުވެއްޓޭނެއެވެ.
ގޯސް މީހުން ހިނގާ އުޅޭނީ ކަށިތަކުގެ ދަންތުރަތައް ހުންނަ މަގުމަގުންނެވެ. ހަށިރައްކަލަށް އެދޭ މީހާ އެމަގަކުން ނުހިނގާނެވެ.
ފާހިޝް ނުބައި މީހުންގެ ފާފަތަކަކީ ދަންތުރައެކެވެ. އޭގައި ބެދޭނީ ވެސް ހަމަ އެމީހުންނެވެ.
އެއީ އެފަދަ މީހުން ޝައިތާނާގެ އަޅުވެތިކަމުގައި ގައިދުވެފައި ތިއްބާ ހަމަވިސްނުންލިބި އެ ދަންތުރައިން މިންޖުވެވޭނެ ފަދައިން ވުމަށްޓަކައި ވެސް މެއެވެ.
އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ. ތަފާތު މުސީބާތްތައް ކަލޭމެންނަށް ކުރިމަތިވާ ހިނދު ފުންކޮށް ވިސްނުމުގައިވެ އުފަލެއް ކަމުގައި ދެކޭށެވެ.
ތިޔަބައިމީހުންނަށް އަލްމަސީޙު ފެނިގެން ނުވިއެއް ކަމަކު އެކަލޭގެފާނު ދެކެ ލޯބިވަމުއެވެ. ހަމައެހެންމެ، އެކަލޭގެފާނު ފެނިދެނިގެންނުވާ ޙާލުގައި އެކަލޭގެފާނަށް އިތުބާރު ކުރައްވާ އީމާންވަމުއެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުން ވަނީ ތަސައްވުރު ކުރަން ނޭނގޭ ފަދަ މަތިވެރި އުފާ ފާގަތިކަމެއްގައެވެ.
ވީމާ، އަހަރެމެން މި ލިޔުންތައް ލިޔެ ތިޔަބައިމީހުންނަށް މިއަންގަނީ އަހަރެމެންނާއިއެކު ތިޔަ ބައިމީހުންގެ އުފާވެރިކަން ވެސް ފުރިހަމަ ވުމަށްޓަކައެވެ.