Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 29:4 - ކިތާބުލް މުޤައްދަސާ

4 އިންސާފުވެރި ރަސްގެފާނު ޤައުމަށް ހަމަޖެހުން ގެނެއެވެ. ރިޝްވަތު ނަގާ ރަސްގެފާނު ޤައުމު ހަލާކު ކޮށްލައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 29:4
19 ပူးပေါင်းရင်းမြစ်များ  

މިގޮތުގެ މަތިން ދާއޫދުގެފާނު އެންމެހައި އިސްރާއީލީންގެ މައްޗަށް ވެރިކަން ހިންގެވިއެވެ. އަދި އެމީހުންގެ މައްޗަށް ހެވާއި އިންސާފު ގެންނެވިއެވެ.


ޞާލިޙުކަމަކީ ޤައުމަށް ކުރިއެރުން އަންނަ ކަމެކެވެ. ފާފައިން ލިބޭނީ ބަދުނާމެވެ.


ރަސްގެފާނުގެ ބަހަކީ އިލާހީ ބަސްފުޅެކެވެ. އޭނާގެ ދުލުން އިންސާފަށް ހުތުރު އަރުވައިގެން ނުވާނެއެވެ.


ރަސްގެފާނަކަށް ބޭއިންސާފަކަށް ކެތެއް ނުކުރެވޭނެވެ. އެހެނީ ވެރިކަމުގެ ބާރު ދެމި އޮންނަނީ އަދުލުވެރިކަން އޮތީމައެވެ.


ރަސްގެފާނު ނިޔާކަނޑައަޅާއިރު ހެކީންގެ ބަސްތަކަށް ބުރަވެއެވެ. އަދި ހެވާ ނުބައި ވަކިކޮށް ދެނެގަނެއެވެ.


ފަގީރުންނަށް ހަމަހަމަކޮށް ހިތާ ރަސްކަލެއްނަމަ އޭނާގެ ތަޚުތު ދާއިމަށް ދެމިގެންދާނެއެވެ.


ރަސްކަލުން އަމުރުމައުރޫފު ހިންގަނީ އަހަރެންގެ އެހީގައެވެ. އަދި އަދުލުވެރިކަމާއެކު ނިޔާކަނޑައަޅަނީ އަހަރެންގެ ބޭނުން ހިފައިގެންނެވެ.


ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނު ކަންތައް ތި ކުރެއްވީ ވަރަށް ވެސް ވިޔާނުދާކޮށް. އެހެނީ ކަލޭގެފާނުގެ ކަލާނގެ، މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅާ އެއްގޮތަށް ކަލޭގެފާނު ކަންތައް ކުރެއްވި ނަމަ އެކަލާނގެ ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު މީހުން ހުރިހާ ދުވަހަކު ވެސް އިސްރާއީލުގެ ވެރިކަމުގައި ލެހެއްޓެވީސް.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ