Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 29:3 - ކިތާބުލް މުޤައްދަސާ

3 ވިސްނުންތެރިކަމަށް ލޯބިކުރާ މީހާގެ ބަފާ ހިތްއުފާވެއެވެ. ކަސްބީންގެ ގާތަށް ގޮސް އުޅޭ މީހާގެ މުދާ ބޭކާރުވެދެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 29:3
14 ပူးပေါင်းရင်းမြစ်များ  

މިއީ ސުލައިމާނުގެފާނު ވިދާޅުވި ބުއްދިވެރި ބަސްފުޅުތަކެވެ: ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާގެ ހިތް އުފާ ކުރުވައެވެ. މޮޔަ ދަރިން އަމާ ހިތް ނުތަނަވަސް ކުރުވައެވެ.


ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާ އުފާ ކޮށްދެއެވެ. މޮޔަ ދަރިން އަމާ ކުޑައިމީސްކުރެއެވެ.


އުފާ ހޯދަން އުޅޭމީހާ ވާނީ ފަގީރެވެ. ރަލާއި ތަނަވަސްކަމުގެ ފަހަތުން ދުވާ މީހާ މުއްސަންޖެއް ނުވެއެވެ.


ބުއްދިވެރިން ތަނަވަސް ކަމާއި އިއްޒަތުގައި އުޅެއެވެ. މޮޔައިން ލާރިއެއް ލިބޭއިރަށް ތަޅާ ބުރުވާލައެވެ.


ދަރިފުޅާއެވެ. ކަލޯގެ ހިތުގައި ވިސްނުންތެރިކަން އަށަގެންފިނަމަ އަހަރެންގެ ހިތް އުފަލުން ފޮޅޭނެއެވެ.


ދަރިފުޅާއެވެ! ބުއްދިވެރިއަކަށް ވާށެވެ. އޭރުން އަހަރެންގެ ހިތް އުފަލުން ފުރޭނެއެވެ. އޭރުން އަހަރެންނަށް ފާޑު ކިޔާ މީހުންނަށް ރައްދު ދެވޭނެއެވެ.


ބުރަމަސައްކަތް ކުރާ މީހާއަށް ގިނަ އަދަދެއްގެ ކާނާ ލިބެއެވެ. ހުވަފެނެއްގެ ފަހަތުން ދުވާ މީހާއަށް ލިބެންއޮތީ ހައިހޫނުކަމެވެ.


މާތްރަސްކަލާނގެ ޤާނޫނަށް ބޯލަނބާ ޒުވާނުންނަކީ ބުއްދިވެރި ބައެކެވެ. ނުލަފާ މީހުންނާ ގުޅިގެން އުޅޭ ޒުވާނުންގެ ކިބައިން މައިންބަފައިންނަށް ލިބެނީ ލަދުވެތިކަމެވެ.


އެހެނީ ކަސްބީ އަންހެނެއްގެ ކިބައިން ކަލޯއަށް އަންނާނީ ފަގީރު ކަމެވެ. އެކަމަކު މީހެއްގެ އަނތްބެއްގެ ފަރާތުން ކަލޯގެ މުޅި ދިރިއުޅުން ގެއްލި ހިނގައިދާނެއެވެ.


ކުޑަ ދުވަސްކޮޅެއް ފަހުން މި ހަގުދަރިފުޅު އޭނާގެ ހުރިހާ މުދާ ވިއްކާލާ އެފައިސާ ހިފައިގެން އެހެން ދުރު ސަހަރަކަށް ހިނގައްޖެ. އަދި މިސަހަރުގައި އޭނާގެ ހުރިހާ ފައިސާއެއް މަޖާކޮށް ބޭނުން ނެތް ބޭކާރު ގޮތްތަކަށް ހޭދަކޮށްލި.


އެކަމަކު ބައްޕަގެ އެ ދަރި ބައްޕަގެ ލާރި ފާފަވެރި އަންހެނުންގެ މައްޗަށް ޚަރަދު ކޮށް ހުސް ކޮށްލާފައި އެނބުރި ގެއަށް އައުމުން ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި އެކަން ފާހަގަ ކުރުމަށް ކަތިލާ ތިޔަ ބޮޑު ކެއުމެއް ތައްޔާރު ކުރީއޭ.⁠‘


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ