Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 29:26 - ކިތާބުލް މުޤައްދަސާ

26 ވެރިމީހާގެ ރުހުން ހޯދުމަށް މީހުން އުޅެއެވެ. އެކަމަކު އިންސާފު ލިބެނީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 29:26
18 ပူးပေါင်းရင်းမြစ်များ  

ކަލޭމެން އެ ރަށުގެ އަމީރާއި ބައްދަލުކުރާ ހިނދު އޭނާ ކަލޭމެންނަށް ރަޙުމް ކުރައްވައި ޝިމްޢޫން ދޫކޮށްލައި އަދި ބަންޔާމީން ކަލޭމެންނާއި އެކުގައި އެނބުރި ފޮނުވުމަށް އެދި ކުޅަދުންވަންތަ ކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަމު. ނަމަވެސް އަހަރެންގެ ދަރިން އަހަރެންނަށް ގެއްލުނަސް އަހަރެންނަށް ލިބޭ ހިތާމަތަކަށް އަހަރެން ކެތްތެރިވާނަމު.⁠“


ދާއޫދު ރަސްގެފާނު އަބްޝާލޫމަށް އެދިވަޑައިގަންނަވާ ވަރު ސަރޫވިޔަތުގެ ދަރި ޔުއާބުއަށް ވިސްނުނެވެ.


ރަސްގެފާނުގެ ކޯފާ އަކީ މަރުގެ އިންޒާރެކެވެ. އެހެނަސް ބުއްދިވެރިޔާ ރަސްގެފާނުގެ ކޯފާ މަޑުކުރުވައެވެ.


ރަސްގެފާނުގެ ހިނިތުން ވުމަކީ އާ ދިރުމެކެވެ. ރަބީޢު މޫސުމުގެ ވާރޭ ފަދައެވެ.


ގުރުއަތުލުމަށް ހިލަކޮޅު ވައްޓަނީ އަހަރެމެންނެވެ. އެކަމަކު އެއެތިކޮޅު ފުރޮޅޭނެ ގޮތެއް ނިންމަވަނީ މާތްރަސްކަލާނގެއެވެ.


މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުމުން އަދާވާތްތެރިން ވެސް އެމީހުނާ ސުލްޙަ ވެއެވެ.


އިންސާނާއަށް ކުރެވޭނީ ތަދުބީރެވެ. ތަގުދީރު ކުރައްވާނީ މާތްރަސްކަލާނގެއެވެ.


ވެރިމީހާގެ ރުހުން ހޯދަން އެންމެން ބޭނުންވެއެވެ. ހަދިޔާދޭ މީހެއްގެ ރައްޓެއްސަކަށް ވާން ވެސް ބޭނުންވެއެވެ.


ރަސްގެފާނުގެ ހިތެކޭ މާތްރަސްކަލާނގެ އިރާދަފުޅާ އެއްގޮތަށް ދެމެމުން އަންނަ ކޯރެކޭ ތަފާތެއް ނެތެވެ. މާތްރަސްކަލާނގެ އިރާދަ ކުރެއްވި ކޮޅަކަށް އެކޯރުގެ ފެންގަނޑު ދެމެމުން ދާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ