Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 29:22 - ކިތާބުލް މުޤައްދަސާ

22 ރުޅިއައިސްފައި ހުންނަ މީހާ ތަޅާފޮޅުމެއް ފަށައިގަނެއެވެ. ރުޅި އަވަސް މީހާ ހުރިހާ ބާވަތެއްގެ ފާފައަކަށް އަރައިގަނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 29:22
11 ပူးပေါင်းရင်းမြစ်များ  

”⁠އެމީހުންގެ ރުޅިވެރި ކަމާހެދި އެމީހުންގެ މައްޗަށް ލަޢުނަތް ލައްވާނެ. އެއީ އެމީހުން ކުރާ އަނިޔާވެރި ޢަމަލަކަށް ވާތީވެ. އެބައިމީހުންގެ އަނިޔާވެރިކަމަށްޓަކައި އެމީހުންނަށް ލަޢުނަތް ލައްވާނެ. ސަބަބަކީ އެ ޢަމަލަކީ އެއްވެސް އޯގާތެރިކަމެއް ނެތް ޢަމަލަކަށް ވާތީ. އަދި ބަނީ އިސްރާއީލީންގެ އެންމެހާ ގަބީލާތަކުގެ މައްޗަށް އަހަރެން އެބައިމީހުން ވިއްސިވިހާލި ކުރުވާނަމު.⁠“


ނަފްރަތުން އުފެދޭނީ އަރައިރުމެވެ. ލޯބި އަނެކާއަށް މަޢާފު ދޭނެއެވެ. ކުރެވޭ ކުށްތައް ފޮރުވައި ދޭނެއެވެ.


ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ. އިތުބާރު ނުހިފޭ މީހާ ދެކެ މީހުން ކުރާނީ ނަފުރަތެވެ.


ރުޅިގަދަ މީހާ ޒުވާބެއް ފަށައެވެ. މައިތިރި މީހާ އެ ޒުވާބު ފިނި ކުރެއެވެ.


އަރައިރުންވާ ހިތުން ހުންނަމީހާ ފާފައަށް އަރައިގަންނަ ހިތްވެއެވެ. ދޮރާށި އުސްކޮށްގެން ހުންނަ މީހާއަށް ނުރައްކާ ހުށަހެޅެއެވެ.


ރުޅިގަދަ މީހުންނާއި ރުޅި އިސްކުރާ މީހުންނާ ގުޅުން ނުބަހައްޓާށެވެ.


އަލިފާން ކަންޏަކުން އަނގުރުގައި ރޯވާހާ ފަސޭހައިން އަރައިރުންވާ މީހާ ތަޅާފޮޅުމެއް ފަށައެވެ.


ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ. ރައްޓެއްސަކު އިސްލާހު ކުރެވޭނީ ރައްޓެއްސަކަށެވެ.


ޚާދިމަކަށް ކުޑައިރުން ފެށިގެން ބޭނުންހާ އެއްޗެއް ދީ ބޭނުން ކަމެއް ކޮށްދީގެން އުޅޭނަމަ ބޮޑުވެގެން އޭނާ ޣައްދާރު ވެދާނެއެވެ.


ގެރިކިރު ހިލުމުން ބަޓަރު އުފެދޭ ފަދައިން ނޯށްމަތީ ޖެހުމުން ލޭ އަންނަ ފަދައިން ރުޅިގަނޑެއް ހިލުވާލުމުން ތަޅާފޮޅުންގަނޑެއް އުފެދޭނެއެވެ.


އެއްވެސް ބައެއްގެ މެދުގައި ޙަސަދަވެރިކަމާއި އަމިއްލަ އެދުމުގެ ޝައުގުވެރިކަން އުފެދިފައި ވާނަމަ އެތަނެއްގައި އޮންނާނީ ހައިޖާނުގަނޑާއި ހުރިހާ ފާހިޝް އަމަލުތަކެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ