Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 29:18 - ކިތާބުލް މުޤައްދަސާ

18 މަތިވެރިފަރާތުގެ އިރުޝާދުތައް ގަބޫލު ނުކުރާ މީހުން އުޅޭނީ ޖަނަވާރުން ފަދައިންނެވެ. އެބަސްތަކަށް ތަބާވާ މީހުން ތިބޭނީ އުފާވެރިކަން މަތީގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 29:18
21 ပူးပေါင်းရင်းမြစ်များ  

ހާރޫނުގެފާނު އެމީހުން މަގުފުރައްދަވައި މޮޔަ ހައްދަވައިފިކަން މޫސާގެފާނަށް ފެނި ވަޑައިގަތެވެ. އަދި އެމީހުންގެ ދުޝްމިނުން އެމީހުންނަކީ ތާކުން ތާކު ނުޖެހޭ ބައެއް ކަމަށް ދެކޭނެ އަމަލުތައް ކުރިޔަ ދީފި ކަން މޫސާގެފާނަށް އެނގިވަޑައިގަތެވެ.


އަމުރުފުޅާ އެއްގޮތަށް އުޅޭނަމަ ދިރިހުރުން ލިބޭނެއެވެ. ދެކޮޅުވެރިވެ ގަންނަ މީހާއަށް ދެވޭނީ މަރާ ދިމާއަށެވެ.


ބަސްތަކުން އެކަނި ޚާދިމުން ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. އެބަސް އެމީހުން އަޑުއަހާފާނެއެވެ. އެކަމަކު އެޔަކަށް އަމަލެއް ނުކުރާނެއެވެ.


ވީމާ މަގޭ ދަރިންނޭވެ. އަހަންނަށް ސަމާލުކަން ދޭށެވެ. އަހަރެން ބުނާގޮތް ހެދުމުން ކަލޭމެންނަށް އުފާ ލިބޭނެއެވެ.


އެކަލޭގެފާނުގެ އަރިހަށް އައިސްތިބި ގިނަ މީސްތަކުން ފެނިވަޑައިގެން އެކަލޭގެފާނު އެމީހުންނާމެދު ހަމްދަރުދީވެ ވަޑައިގެންނެވިއެވެ. ސަބަބަކީ އެބައި މީހުން ވަނީ ހުއިހައްޕާ ދޭނޭ މީހަކު ނެތި، އެތަން މިތަނަށް ފެތުރި، ހާސްވެ އުންމީދު ގެއްލިފައިވާ ކަންބަޅިތަކެއް ފަދައިން ވެފައެވެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އެއަށް ވުރެވެސް ބޮޑަށް ބަރަކާތް ލެއްވިގެން ވާނީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އެއަށް އަމަލު ކުރާ މީހުންނަށް.⁠“


ކަލޭމެންނަށް މިހާރު މިކަންތައްތައް އެނގިއްޖެ. ވީއިރު އެފަދައިން ކަންތައްކުރޭ. އޭރުން މާތްރަސްކަލާނގެ ކަލޭމެންނަށް ރަޙުމަތް ލައްވާނެ.⁠“


ނަމަވެސް މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ޤާނޫނު ފަރުވާތެރިކަމާއެކު ބެލުމުން ކަލޭމެންނަށް މިނިވަންކަން ލިބިދެއެވެ. އެއީ ޤާނޫނުގައި ބުނާ ފަދައިން ކަލޭމެން އަމަލުކޮށް އަދި އޭގައިވާ ތަކެތީގެ އަޑުއަހައި ހަނދާން ނައްތައި ނުލާނަމައެވެ. އޭރުން މާތްރަސްކަލާނގެ ކުރާ ހުރިހާ ކަމެއްގައި ރަޙުމަތް ލައްވައެވެ.


މީސްތަކުންގެ ތެރެއިން އެބައިމީހުންގެ ފޭރާންތައް ސާފުކޮށްގެންވާ ފަރާތްތަކަށް އުފާވެރިކަން ލިބިގެންވާނެއެވެ. ވީމާ، ޙަޔާތުގެ ދިރުން ލިބިދޭ ގަހުން ކެއުމުގެ ޙައްޤު އެބައިމީހުންނަށް ލިބިގެންވާނެއެވެ. އަދި މުޤައްދަސް ސަހަރުގެ ދޮރާށިތަކުން އެބައިމީހުންނަށް އެތެރެއަށް ވަދެވޭނެއެވެ.


ޢާލީގެ ބެލުމުގެ ދަށުން ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރަމުން ގެންދިޔަ ދުވަސްވަރު، މަދު ފަހަރަކު ނޫނީ ފާޅުވެ ވޮޑިގަތުމެއްގައި ވިޔަސް އަދި އެނޫން ގޮތެއްގައި ވިޔަސް މާތްރަސްކަލާނގެ މީސްތަކުންނާ ގުޅުމެއް ނުބާއްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ