9 އަމުރުފުޅުތަކަށް ބޯ ނުލަނބާ މީހެއްގެ ދުޢާތައް ދެކެ މާތްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވައެވެ.
މާތްރަސްކަލާނގެއަށް ކިޔަމަންވާ މީހާ ބަނޑުހައިވިޔަކަ އެކަލާނގެ ނުދެއްވާނެއެވެ. އެކަމަކު ނުބައިނުލަފާމީހާ ދެވިހިފާވާ ކަންތައްތައް އެކަލާނގެ ކޮށެއް ނުދެއްވައެވެ.
ނުބައިމީހާ ކުރާ އަޅުކަމުގެ ޤުރުބާނީ ދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. ހެޔޮމީހާ ކުރާ ދުޢާއާ އެކަލާނގެ ރުހިވޮޑިގަންނަވައެވެ.
ފަގީރުމީހާއަށް ބީރު ކަންފަތްދޭ މީހާ ކަމަކަށް ބޭނުންވާ ދުވަހު އެ އަޑު އަހާނެ މީހަކު ނުހުންނާނެއެވެ.
ނުބައި މީހުން ކުރާ ޤުރުބާނީ ދެކެ މާތްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވައެވެ. އަމުދުން އެއީ ނުބައިކަމަކަށް އެދިގެން ކުރާ ކަމެއް ނަމައެވެ.
އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ މާތްރަސްކަލާނގެ ފާފަވެރިންގެ ދުޢާ އިޖާބަ ނުކުރައްވާ ކަން. މާތްރަސްކަލާނގެ އައްސަވާވޮޑިގެންވަނީ އެކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އެކަލާނގެ ކިބަފުޅަށް ކިޔަމަންވާ މީހުންގެ ދުޢާކަން.