8 ރިބާގެ ގޮތުގައި އިތުރަށް ނަގައި ތިމާ މުއްސަނދިވާ ފައިސާތައް ގެއްލި، އެފައިސާތައް އެންމެ ފަހުން ވަންނާނީ ފަގީރުންނާ މެދު ދީލަތިކޮށް ހިތާ މީހާގެ ޖީބަށެވެ.
އެ ފަގީރު މީހާގެ ޅަކަންބަޅީގެ އަގު ހަތަރު ގުނައަށް އަދާ ކުރަން ޖެހޭނެ. ތިޔަ މީހާގެ ކިބައިގައި ކުޑަވެސް ރަޙުމެއް ނެތް.“
އަހަރެންގެ މީސްތަކުންގެ ތެރެއިން ހާލުގައި ޖެހިފައިވާ މީހަކަށް ފަހުން ދައްކާ ގޮތަށް ކަލޭމެން ދޭ ފައިސާއިން ރިބާ ނަގައިގެން ނުވާނެ.
ހެޔޮމީހުންގެ މުދާތައް ދާނީ އެމީހުންގެ ކާފަ ދަރިންނަށެވެ. ފާފަވެރިންގެ މުދާތައް ދާނީ ހެޔޮގޮތުގައި ތިބި މީހުންނަށެވެ.
ގާތް މީހާއާ މެދު ކުޑައިމީސްކޮށް ހިތުމަކީ ފާފައެކެވެ. މުހުތާދެއްގައިވާ މީހާއަށް އެހީވުމަކީ ބަރަކާތެކެވެ.
ފަގީރަކަށް ދެރަކޮށް ހިތުން ހެއްދެވިފަރާތަށް ދެރަކޮށް ހިތުން ފަދައެވެ. ނިކަމެއްޗަކަށް ހެޔޮކޮށް ހިތުން އަޅުކަމެއް ފަދައެވެ.
ފަގީރުމީހާގެ ގާތްތިމާގެމީހުން ވެސް އޭނާ ދެކެ ނަފްރަތުކުރެއެވެ. ވީއިރު ރައްޓެހިން ވަކި ގާތްކަމެއް ބަހައްޓާނެހެއްޔެވެ؟ ފަގީރުމީހާ އާދޭސްކޮށްކޮށް ހުއްޓާ އޭނާގެ ރައްޓެހިން ގެއްލި ދެއެވެ.