7 މާތްރަސްކަލާނގެ ޤާނޫނަށް ބޯލަނބާ ޒުވާނުންނަކީ ބުއްދިވެރި ބައެކެވެ. ނުލަފާ މީހުންނާ ގުޅިގެން އުޅޭ ޒުވާނުންގެ ކިބައިން މައިންބަފައިންނަށް ލިބެނީ ލަދުވެތިކަމެވެ.
ބަފާޔަށް އިހާނާތްތެރިވެ މައިމީހާ ފައްސާލާ މީހާއަކީ މީހުންގެ ތެރޭގައި އަގުވެއްޓިފައި ހުރި މީހެކެވެ.
މައިންބަފައިންގެ ތަކެތިން ވައްކަން ކުރާ މީހާ ބުނެފާނެއެވެ. ”އެއީ ދެން އެހާވަރުގެ ކަމެއްހެއްޔެވެ؟“ މިފަދަ މީހުންނަކީ ގާތިލަކަށް ވުރެން ވަކި ރަނގަޅު ބައެއް ނޫނެވެ.
ދަރިން ތަރުބިއްޔަތު ކުރުމުން އެމީހުންގެ ޙިކުމަތްތެރިކަން އިތުރުވެއެވެ. ތަރުބިއްޔަތެއް ނެތް ދަރިން އަމަޔަށް ލަދުވެތިކަން ގެނެއެވެ.
ވިސްނުންތެރިކަމަށް ލޯބިކުރާ މީހާގެ ބަފާ ހިތްއުފާވެއެވެ. ކަސްބީންގެ ގާތަށް ގޮސް އުޅޭ މީހާގެ މުދާ ބޭކާރުވެދެއެވެ.
ކުޑަ ދުވަސްކޮޅެއް ފަހުން މި ހަގުދަރިފުޅު އޭނާގެ ހުރިހާ މުދާ ވިއްކާލާ އެފައިސާ ހިފައިގެން އެހެން ދުރު ސަހަރަކަށް ހިނގައްޖެ. އަދި މިސަހަރުގައި އޭނާގެ ހުރިހާ ފައިސާއެއް މަޖާކޮށް ބޭނުން ނެތް ބޭކާރު ގޮތްތަކަށް ހޭދަކޮށްލި.
އެކަމަކު ބައްޕަގެ އެ ދަރި ބައްޕަގެ ލާރި ފާފަވެރި އަންހެނުންގެ މައްޗަށް ޚަރަދު ކޮށް ހުސް ކޮށްލާފައި އެނބުރި ގެއަށް އައުމުން ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި އެކަން ފާހަގަ ކުރުމަށް ކަތިލާ ތިޔަ ބޮޑު ކެއުމެއް ތައްޔާރު ކުރީއޭ.‘