27 ފަގީރު މީހަކަށް އެއްޗެއްދޭ މީހާއަކަށް އެއްޗެއް އުންޏެއް ނުވެއެވެ. އެކަމަކު ފަގީރުކަމަށް ކަނުލޮލެއް ދޭ މީހާއަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވައެވެ.
ދީލަތިކަމުން މީހާ މުއްސަނދިވެދެއެވެ. ބަޚީލުކަމުން މީހާ ފަގީރުވެދެއެވެ.
ދީލަތިކަމުން ތަނަވަސްކަން ލިބެއެވެ. އަނެކާއަށް ފެންފޮދެއް ދޭމީހާއަށް ފެން ލިބޭނެއެވެ.
ވިޔަފާރީގައި ބޮޑު އަގުނަގާ މީހާއަށް ލަޢުނަތް ލިބެއެވެ. އެކަށީގެންވާ ހެޔޮއަގެއް އަތުލާ މީހާއަށް ބަރަކާތް ލިބެއެވެ.
ފަގީރަކަށް އެހީވެއްޖެނަމަ އެއީ މާތްރަސްކަލާނގެ ކިބަފުޅަށް ދޫކުރެވޭ ދަރަންޏެކެވެ. އެކަލާނގެ އެ ދަރަނި އަދާކޮށް ދެއްވާނެއެވެ.
ދީލަތި މީހުންނަށް ބަރަކާތް ލައްވާނެތެވެ. އެހެނީ އެމީހުންނަކީ ފަގީރުންނަށް ކާންދޭ ބައެކެވެ.
ނުބައި މީހާގެ ކުށެއް ނެތްކަމަށް ނިޔާކަނޑައަޅާ ފަނޑިޔާރު ދެކެ ޤައުމުތަކުގެ އެންމެން ލަޢުނަތް ލާނެއެވެ.
ނުލަފާ މީހާ ބާރުވެރިވުމުން ދެން ތިބި މީހުން ފިލަން ދުވެއެވެ. ނުބައި މީހުންގެ ވެރިކަން ވެއްޓުމުން ތެދުވެރިންނަށް އުފާފާގަތިކަން ލިބެއެވެ.
އަދި ހެޔޮ އަމަލުތައް ކުރުމަށާއި ބޭނުންޖެހިފައިވާ އަނެކުންނަށް އެހީވުމަށް ހަނދުމަ ނައްތާނުލާށެވެ. އެހެނީ މިކަންކަމަކީ އެކަލާނގެ ރުހިވޮޑިގަންނަވާ ޤުރުބާނީތަކެވެ.