Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 27:4 - ކިތާބުލް މުޤައްދަސާ

4 ރުޅި އައުމަކީ އަނިޔާވެރި މުސީބާތެއް ކަހަލަ ކަމެކެވެ. އެކަމަކު ހަސަދަވެފައި ހުންނަ މީހާ އެއަށް ވުރެން މާ ނުރައްކާތެރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 27:4
18 ပူးပေါင်းရင်းမြစ်များ  

އެގޮތުން އެތަކެއް ގިނަ ގެރި ބަކަރިތަކާއި ދެ ޖިންސުގެ އަޅުން އެކަލޭގެފާނަށް މިލްކު ވިއެވެ. މި ސަބަބަށްޓަކައި ފިލިސްޠީނުގެ އަހުލުވެރިން އެކަލޭގެފާނާއި މެދު ހަސަދަވެރި ވިއެވެ.


ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެކަލޭގެފާނާއި މެދު ހަސަދަވެރިވި ކަމުގައި ވިނަމަވެސް އެކަލޭގެފާނުގެ ބަފައިކަލުން މި ހުވަފެނުގެ ތަޢުބީރާއިމެދު ވިސްނަވަމުން ގެންދެވިއެވެ.


އެގޮތުން އޫނާން އޭނާގެ ބޭބެގެ ހުވަފަތް އަނބިމީހާ އާއި ކައިވެނިކުރިއެވެ. ނަމަވެސް އޫނާންއަށް މިފަދައިން ލިބޭނޭ ދަރިއަކީ އޭނާގެ ވާރުތަ ލިބިދޭނޭ ފަރާތަކަށް ނުވާތީވެ އެކަނބުލޭގެ އާއި އެކުގައި އޭނާ ރޭކުރާ ކޮންމެ ހިނދަކު ދަރިމައިވުމުގެ ދިޔަވަރު ބިންމައްޗަށް އޮއްސާލައެވެ. މިހެން ހަދައި އޭނާގެ ބޭބެ ޢީރުގެ ވާރުތަ ލިބޭނޭ ދަރިއަކު ނުލިބޭނެ ގޮތް އޭނާ ހެދިއެވެ.


ލިބިހުރި މިންވަރަށް ރުހުމަކީ ސިއްޙަތަށް ފައިދާ ހުރި ކަމެކެވެ. ދަހިވެތިކަމާއި ހަސަދަވެރިކަމަކީ ކައްޓަށް ޖެހޭ ކެންސަރެއް ފަދަ ކަމެކެވެ.


ވެއްޔާއި ހިލައަކީ ބަރު އެއްޗެކެވެ. އެކަމަކު މޮޔައެއްގެ ކިބައިން ދިމާވާ ދެކޮޅުވެރިކަން އަދި އެއަށް ވުރެން ބަރެވެ.


ފިރިމީހާ ހަސަދަވެރި ވެގެން އަންނަ ރުޅިއަށް ވުރެން ގަދަ ރުޅިއެއް ނޯވެއެވެ. އޭނާ ބަދަލު ހިފާކަށް ވަކި މިންވަރެއް ހައްދެއް ނޯވެއެވެ.


ބޮޑުއިމާމުން އީސާގެފާނު އޭނާއާއި ޙަވާލު ކުރި ސަބަބަކީ އެބައިމީހުން އެކަލޭގެފާނާއި މެދު ޙަސަދަވެރި ވާތީ ކަން ޕިލާތުސްއަށް ރަނގަޅަށް އެނގެއެވެ.


ނަމަވެސް މި ތަންދެކެ ބަނީއިސްރާއީލު މީހުންގެ ވެރިން ވަރަށް ހަސަދަވެރިވިއެވެ. ދެން އެމީހުން ބާޒާރުމަތީ އުޅޭ ތާކުންތާކު ނުޖެހޭ ނުބައި މީހުންގެ ބައިގަނޑެއް އެއްކޮށް ރަށުތެރޭ ހަމަނުޖެހުންތައް އުފެއްދިއެވެ. އަދި ޕައުލް އާއި ސިލާހު ހަވަރަށް ދިނުމަށްޓަކައި ހޯދަމުން ގޮސް ޖޭސަން އޭ ކިޔުނު މީހެއްގެ ގެޔަށް ވެސް އެމީހުން ހަމަލަދިނެވެ.


އުއްތަމަ އިމާމާއި އޭނާގެ ބައިގެ ސާދުސީން އީސާގެފާނުގެ މަންދޫބުންނާއި މެދު ވަރަށް ހަސަދަވެރިވިއެވެ.


ޔޫސުފުގެފާނަކީ ވެސް ޔަޢުޤޫބުގެފާނުގެ ބާރަ ދަރިކަލުންގެ ތެރެއިން އެއް ދަރިކަލެއް. ޔޫސުފުގެފާނުގެ އެއްބަފާބޭބެއިން އެކަލޭގެފާނުގެ މައްޗަށް ވަރަށް ބޮޑަށް ހަސަދަވެރިވެ އެކަލޭގެފާނު އަޅެއްގެ ގޮތުގައި މިޞްރަށް ވިއްކާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައިވި.


އަހަރެމެންނަކީ ޤާއިން ފަދަ ބައެއް ނޫނެވެ. އޭނާ މިލްކުވެގެންވީ ޝައިތާނާއަށެވެ. އަދި އޭނާ އޭނާގެ ކޮއްކޮ ހާބީލް މަރައިލިއެވެ. ޤާޔިން އޭނާގެ ކޮއްކޮ ގަތުލު ކުރީ ކީއްވެ ހެއްޔެވެ؟ އެއީ ޤާޔިން ކުރީ ނުބައިވެގެންވީ އަމަލުތަކެއް ކަމުންނެވެ. ނަމަވެސް އޭނާގެ ކޮއްކޮ ކުރި އަމަލުތަކަކީ ސާލިޙު އަމަލުތަކެއް ކަމުންނެވެ.


އެދުވަހުން ފެށިގެން ޝާއުލްގެފާނުގެ ހިތްޕުޅުގައި ދާއޫދާމެދު ހަސަދައާއި ނަފްރަތުކަން އުފެދިއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ