24 އެހެނީ މީހާގެ މުއްސަނދިކަން އަބަދަކު ދެމިއެއް ނުހުރެއެވެ. ތިމާގެ ތާޖު ތިމާގެ ދަރިދަރިކޮޅަށް ދެމިގެން ނުގޮސްފާނެއެވެ.
ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު އަބަދުވެސް ތިމަންކަލާނގެ ބަލަހައްޓަވާހުށީމޭ؛ ކަލޭގެފާނުގެ ދަރިކޮޅުން އެކަކު ތަޚުތުގައި އަބަދުވެސް ލަހައްޓަވާ ހުށީމޭ.‘“
މުއްސަނދިވާހިތުން ތެޅިނުފޮޅޭށެވެ. ފުދޭވަރު ވުމުން އެކަން ދަންނަން ވާނެއެވެ.
އެހެނީ އެސްފިޔައެއް ޖަހާހާ އަވަހަށް މުދާތައް ގެއްލިދެއެވެ. ފިޔަފަޅާފައިވާ ބާޒެއްހެން އުދުހިދެއެވެ.
ނަމަވެސް މުއްސަނދިކަމުގައިވާ ފަރާތްތައް ފަޚުރުވެރިވާންވީ މާތްރަސްކަލާނގެ އެމީހުންގެ ހިތްތިރިކުރެއްވި ކަމަށްޓަކައެވެ. އެހެނީ މުއްސަނދިން ނެތިގެން ދަނީ ގަހުގައި އިންނަ މައު މިލައި މޯޅިވެދާ ފަދައިންނެވެ.
އެކަމަކު ދެން ކަލޭގެފާނުގެ ރަސްކަމެއް ދެމިއެއް ނޯންނާނެ. އެހެނީ ކަލޭގެފާނު ވަނީ މާތްރަސްކަލާނގެ އަމުރުފުޅާ ޚިލާފުވެފައި. މިހާރު މާތްރަސްކަލާނގެ ވަނީ އެކަލާނގެ ރުހިވޮޑިގަންނަވާ މީހަކު ހޯއްދަވައި އިސްރާއީލުގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސަވާފައި.“