Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 27:22 - ކިތާބުލް މުޤައްދަސާ

22 ވަނަކަށް އަޅައި ތަޅާ ހިމުން ކުރިޔަކަސް މޮޔައެއްގެ ކިބައިގައިވާ މޮޔަކަމެއް ނުފިލާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 27:22
14 ပူးပေါင်းရင်းမြစ်များ  

ފިރުޢައުނާއި އޭނާގެ ވަޒީރުންނާއި އޭނާގެ މީހުންނަށް އެ ދަންވަރު ހޭލެވުނެވެ. މުޅި މިޞްރުގެ ބިމުން އިވެމުން ދިޔައީ ރުއިމުގެ ގަދަ އަޑުފަށްގަނޑެކެވެ. މީހަކު މަރުނުވާ އެންމެ ގެއެއް ވެސް މިޞްރަކު ނެތެވެ.


ފިރުޢައުނު ރަސްގެފާނަށް އިސްރާއީލީން ފިލައިގެން ދިޔަ ޚަބަރު ލިބި ވަޑައިގަތުމުން ރަސްގެފާނާއި ވަޒީރުންގެ ޚިޔާލު ބަދަލުވެއްޖެއެވެ. ”⁠އަހަރެމެން އިސްރާއީލު އަޅުން ދިޔަ ދިނީ ކީއްވެ؟ އަހަރެމެން މިކުރީ ކީއް ހޭ؟⁠“ ކިޔައިގެން އެމީހުން ސުވާލު ކުރިއެވެ.


އަދާވާތްތެރިޔާ ބުނި. ’⁠އަހަރެން އެމީހުން ފަހައިގޮސް އަތުލާނަން. އަހަރެން އެމީހުންގެ މުދާތައް ބަހައިލާނަން. އަހަރެން ބޭނުން އެއްޗެއް ދަމައިގަންނާނަން. އަހަރެންގެ ކަނޑީގެ ބާރުގައި އެހުރިހާ އެއްޗެއް ފޭރިގަންނާނަން.⁠‘


ބުއްދިވެރިޔާ މުއްސަނދިކަމުގެ ތާޖް އަޅައެވެ. މޮޔަމީހާ ވާނީ ހައްތަހާ މޮޔައެވެ.


ދެން ކަލޯ ބުނާނެއެވެ. ”⁠އެމީހުން ތިމަން ގައިގައި ޖެހިއެވެ. އެކަމަކު ތިމަންނައަކަށް ތަދެއް ނުވިއެވެ. އެމީހުން ތިމަން ތަޅާ ތިރިކުރިއިރު ވެސް އެކަމެއް ނޭނގުނެވެ. އަނެއްކާ ވެސް ރާތައްޓެއް ބޯން ތިމަންނައަށް ހޭވެރިކަން އަންނާނީ ކޮން އިރަކުން ހެއްޔެވެ؟⁠“


ކުއްތާ ހޮޑުލުމަށް ފަހު އެ ހޮޑު ކާން އެނބުރި އަންނަހެން މޮޔަމީހާ މޮޔަކަންތައް ކުރުމަށް އެނބުރި އާދެއެވެ.


މި ޚަބަރު އިވިވަޑައިގެން ރަސްގެފާނު އަނެއްކާވެސް އިތުރު މީހުން ފޮނުއްވައިފިއެވެ. މި މީހުން ވެސް އެފަދައިން ޣައިބުގެ ބަސްތައް ބުނަން ފަށައިފިއެވެ. ދެން ޝާއުލްގެފާނު ތިންވަނަ ފަހަރު ވެސް މީހުން ފޮނުއްވައިފިއެވެ. މިފަހަރު ފޮނުއްވި މީހުން ވެސް އެތަނަށް ގޮސް ޣައިބުގެ ބަސްތައް ބުނަން ފަށައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ