16 އޭނާގެ އަނގަ ހުއްޓުވަން އުޅުމެކޭ އަތުން ވައި ހިފަހައްޓަން ނުވަތަ އަތުގައި ތެޔޮ ހާކައިގެން އެއްޗެއް ހިފަހައްޓަން އުޅުމެކޭ އެއްފަދައެވެ.
އަނގަހުއްޓާ ނުލާ ކުދިކިޔާ އަންހެނެކޭ ހުއްޓާނުލާ ބޮލަށްޖަހާ ވާރޭފެން ތިއްކެކޭ އެއްގޮތެވެ.
ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ. ރައްޓެއްސަކު އިސްލާހު ކުރެވޭނީ ރައްޓެއްސަކަށެވެ.
މަރިޔަމް ވަރަށް އަގުބޮޑު އަތަރުފުޅިއެއް ހިފައިގެން ގޮސް އީސާގެފާނުގެ ފައިންޕުޅު މައްޗަށް އެ އަތަރުފުޅި އޮއްސާލިއެވެ. އަދި އޭނާގެ އިސްތަށިގަނޑުން އީސާގެފާނުގެ ފައިންޕުޅު ފޮހުނެވެ. މުޅި އެގޭގެ ތެރޭގައި އެ އަތަރުގެ މީރުވަސް ފެތުރިގެން ދިޔައެވެ.