Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 27:11 - ކިތާބުލް މުޤައްދަސާ

11 ދަރިފުޅާއެވެ! ބުއްދިވެރިއަކަށް ވާށެވެ. އޭރުން އަހަރެންގެ ހިތް އުފަލުން ފުރޭނެއެވެ. އޭރުން އަހަރެންނަށް ފާޑު ކިޔާ މީހުންނަށް ރައްދު ދެވޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 27:11
14 ပူးပေါင်းရင်းမြစ်များ  

މިއީ ސުލައިމާނުގެފާނު ވިދާޅުވި ބުއްދިވެރި ބަސްފުޅުތަކެވެ: ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާގެ ހިތް އުފާ ކުރުވައެވެ. މޮޔަ ދަރިން އަމާ ހިތް ނުތަނަވަސް ކުރުވައެވެ.


ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާ އުފާ ކޮށްދެއެވެ. މޮޔަ ދަރިން އަމާ ކުޑައިމީސްކުރެއެވެ.


ކަންނެތް މީހާ ހީކުރާނީ ތިމާއަކީ ޙިކުމަތްތެރި ހަތްމީހުންނަށް ވުރެން ވިސްނުންތޫނު މީހެއްކަމަށެވެ.


ހެޔޮ ވިސްނޭ މީހާއަށް މުސީބާތެއް އެބަ އަންނަކަން ވިސްނި ދުރާލާ ތައްޔާރު ވެއެވެ. ނުވިސްނާ މީހާ ގޮސް އެމުސީބާތުގެ ތެރެއަށް ބޯމަހާލާނެ އެވެ.


ވިސްނުންތެރިކަމަށް ލޯބިކުރާ މީހާގެ ބަފާ ހިތްއުފާވެއެވެ. ކަސްބީންގެ ގާތަށް ގޮސް އުޅޭ މީހާގެ މުދާ ބޭކާރުވެދެއެވެ.


މަގޭ އެކުވެރިޔާއެވެ. ތިބާގެ ލޯބި އަހަންނަށް އުފާވެރިކަން ގެނެސްދީ ވަރުގަދަ ހިތްވަރެއް ގެނުވައެވެ. ސަބަބަކީ ތިބާގެ އޯގާތެރިކަން މަސީޙީންގެ ހިތްތަކަށް އުފާވެރިކަމާއި ތާޒާކަން ގެނެސްދޭތީއެވެ.


މަތިވެރި ބައްޕާފުޅު އަހަރެމެން އަމަލު ކުރުމަށް އެންގެވި ފަދައިން ތިޔަބައިމީހުންގެ ބައެއް ދަރިން ތެދު ޙަޤީޤަތާއިމެދު ކިޔަމަންތެރިކަން އަދާކުރާކަން އެނގުމުން އަހަރެން ނުހަނު އުފާ ކުރަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ