Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 27:10 - ކިތާބުލް މުޤައްދަސާ

10 ތިމާގެ ރައްޓެއްސަކު އަދި ތިމާގެ ބައްޕަގެ ރައްޓެއްސަކު ގެއްލުވާ ނުލާށެވެ. މުސީބާތެއް ދިމާވުމުން އެއްބަނޑު ތިމާގެ މީހާގެ ގާތަށް ކަންކަމު ދާން ނަހަދާށެވެ. ދުރުގައި ހުރި އެއްބަނޑު މީހަކަށް ވުރެން ކައިރީގައި ހުރި އަވަށްޓެރިޔާ މާ ފަސޭހައިން އަތުޖެހެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 27:10
17 ပူးပေါင်းရင်းမြစ်များ  

ޝާއުލްގެފާނުގެ ކާފަދަރި މަފީބޫޝަތު ވެސް ދާއޫދު ރަސްގެފާނުގެ ފައިންޕުޅުދެކެން އަތުވެއްޖެއެވެ. ރަސްގެފާނު ޖެރޫސަލަމުން ނުކުމެވަޑައިގަތީއްސުރެން އެކަލޭގެފާނު ސަލާމަތުން އެނބުރި ވަޑައިގަންނަވަންދެން އޭނާގެ ފަޔަކަށް ފަރުވާލެއް ނުބަހައްޓައެވެ. މަތިމަހެއް ނުކޮށައެވެ. ނިޔަފައްޗެއް ނުކަނޑައެވެ. ހެދުމެއް ނުދޮވެއެވެ.


ކަލޭގެފާނު ބޭނުންފުޅުނަމަ ކާފަގެ މުޅި އާއިލާ އެއްކޮށް ނައްތާ ލެއްވުމުގެ ޙައްޤު އޮތް. ވިޔަސް ކަލޭގެފާނު އެހެނެއް ނުހެއްދެވި. އޭގެ ބަދަލުގައި ކަލޭގެފާނުގެ މޭޒުކޮޅުމަތިން އަޅުގަނޑަށް ކާން ދެއްވީ. އެހެންވީއިރު ކަލޭގެފާނާ މެދު އެއްވެސް ޝަކުވާއެއް ކުރުމުގެ ޙައްޤެއް އަޅުގަނޑަކަށް ނެތް.⁠“


އެކަމަކު އެކަލޭގެފާނު ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ހިމާޔަތް ކުރެއްވިއެވެ. ޔޫނަތައިން އަކީ ޝާއުލްގެފާނުގެ ދަރިކަލެކެވެ. އެހެންނަމަވެސް ދާއޫދުގެފާނު ވަނީ ޔޫނަތައިންއާއެކު މާތްރަސްކަލާނގެ ހެކި ކުރައްވައި އިޤުރާރެއް ކުރައްވާފައެވެ. އެހެންކަމުން އެކަލޭގެފާނު މަފީބޫޝަތަށް ގެއްލުމެއް ވިޔަކަ ނުދެއްވިއެވެ.


ރަޙުމަތްތެރިޔާ ހުންނާނީ އަބަދުވެސް ތިމާއަށް ހެޔޮއެދުން މަތީގައެވެ. އަޚާ ހުންނާނީ އެހީއަކަށް ބޭނުންވާ ހިނދު އެހީތެރިވުމަށެވެ.


ބައެއް ރައްޓެހިންގެ ކިބައިން ލިބެނީ ގެއްލުމެވެ. އަނެއްބައި ރައްޓެހިން ތިމާގެ އެއްބަނޑުމީހާއަށް ވުރެން ގާތްކަން ބޮޑެވެ.


ފަގީރުމީހާގެ ގާތްތިމާގެމީހުން ވެސް އޭނާ ދެކެ ނަފްރަތުކުރެއެވެ. ވީއިރު ރައްޓެހިން ވަކި ގާތްކަމެއް ބަހައްޓާނެހެއްޔެވެ؟ ފަގީރުމީހާ އާދޭސްކޮށްކޮށް ހުއްޓާ އޭނާގެ ރައްޓެހިން ގެއްލި ދެއެވެ.


އަނެއްދުވަހު ހެނދުނު ބަނީއިސްރާއީލުގެ ފިރިހެނުންތަކެއް އެއްވެ ހުވާކުރީ އެމީހުން ޕައުލް މަރާލާފަ ނޫނީ އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އެމީހުންގެ ހަށިގަނޑުގެ ތެރެއަށް ނުލާނެކަމުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ