6 މޮޔައަކަށް އިތުބާރުކޮށް އޭނާގެ އަތުގައި ސިޓީއެއް ފޮނުވުމަކީ އަމިއްލަ ފައި ކަނޑާލުން ނުވަތަ ޒަހަރެއް ބުއިން ފަދަ ކަމެކެވެ.
ކަންނެތް މީހަކާ ކަމެއް ހަވާލު ނުކުރާށެވެ. އެއީ ތިމާގެ އަނގަޔަށް ރާހުތް އެޅުމެކޭ، ލޮލަށް ދުން ބުރުވުމެކޭ އެއްފަދަ ކަމެކެވެ.
މީހެއްގެ ގާތު ބަހެއް ބުނުމަށް، އިތުބާރުނެތް މީހަކާ ހަވާލުކޮށް ފޮނުވުމުން ލިބޭނީ ގެއްލުމެވެ. އިތުބާރުހުރި މީހާގެ ކިބައިން ލިބޭނީ މޮޅެވެ.
އިތުބާރު ކުރެވޭ ޕިޔޯނު މީހާ ހޫނުގަދަ ދުވަހެއްގައި ވެހޭ ފިނި ވާރޭ ފެން ފަދައެވެ. އޭނާ އޭނާގެ ސާހިބުމީހާގެ ފުރާނައަށް ތާޒާކަން ގެނުވައެވެ.
މޮޔައެއްގެ ސުވާލުތަކަށް ދޭންވާނީ ވެސް މޮޔަ ޖަވާބެކެވެ. އޭރުން އެ ސުވާލު ކުރި މީހާއަކީ އޭނާ ހީކުރިވަރުގެ ކުޅަދާނަ މީހެއް ނޫންކަން ވިސްނިދާނެއެވެ.
މޮޔައެއްގެ ދުލުން ބޭރުވާ ހަރުބަހެކޭ ވާގިނެތިފައިވާ ފަޔެކޭ އެއްފަދައެވެ.