28 ދޮގުވެރިޔާގެ ދޮގު ބަސްތަކުން އޭނާ ނަފްރަތުކުރާ މީހާ ޗިސްޗިސް ކުރެއެވެ. ޚުޝާމަދު ކުރާ އަނގައިން ފަނާ ކުރެއެވެ.
އަދި ފޫޠީފާރު އެރޭ ގަނޑުވަރަށް އައުމުން އިހުނެކޭ އެއްފަދައިން އެވާހަކަ އޭނާގެ ފިރިމީހާއަށް މިފަދައިން ކިޔައިދިނެވެ. ”ތިބާގެ ޢިބްރާނީ އަޅު ކުއްޖާ ގަދަކަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަންނަން މިއަދު އުޅެފި!
ވަގުފިރިން ގެންގުޅޭ ބަސްއޮމާން އަންހެނާގެ ކިބައިން ކަލޯ ސަލާމަތްކޮށްދޭނީ މި ހެޔޮ ވިސްނުމެވެ.
ރައްޓެހިންނަށް ޚުޝާމަދު ކުރާ މީހާ އެމީހުންގެ ފައިގައި ދަންތުރައެއް ތިއްބައެވެ.
އަދި ވިޔާނުދާ އަންހެނެއްގެ ފަރާތުން ކަލޯ ސަލާމަތް ކޮށްދޭނެއެވެ. ވަގުފިރިން ގެންގުޅޭ އަންހެނެއްގެ އޮމާން ދުލުން ކަލޯ ރައްކާތެރިކޮށް ދޭނެއެވެ.
މި ބަސްތައް ވަގުފިރިން ގެންގުޅޭ އަންހެނާގެ އަތްދަށުން ކަލޯ ސަލާމަތް ކޮށްދޭނެއެވެ. އަދި ހިލޭ އަންހެނާގެ ޝަހުވަތުގެ ބަސްތަކުން ސަލާމަތް ކޮށްދޭނެއެވެ.
އަހަރެން ކަލޭމެންގެ ގާތުގައި ބުނެފައިވާނީ ތެދުބަސްތައް. އެއީ މާތްރަސްކަލާނގެ ކިބަފުޅުން އަހަރެންނަށް އިވުނު ބަސްފުޅުތައް. އެކަމަކު ކަލޭމެން ތިއުޅެނީ އަހަރެން މަރާލަން. އެއަކީ އިބްރާހީމްގެފާނު ކަން ކުރައްވާނެ ގޮތެއް ނޫން.