Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 26:26 - ކިތާބުލް މުޤައްދަސާ

26 އެމީހުންގެ ނަފްރަތުކަން މަކަރަކުން ފޮރުވައިގެން އުޅުނަކަސް އެމީހުން ކުރާކަންތަކުން ހުރިހާ އެންމެންނަށް އެކަން ފަޅާ އަރާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 26:26
9 ပူးပေါင်းရင်းမြစ်များ  

ދެން ޤާޔީން ގޮސް އޭނާގެ ކޮއްކޮގާތު ބުންޏެވެ. ”⁠ހިނގާ ދަނޑުތެރެއަށް ދާން.⁠“ ދެން ދަނޑުތެރެއަށް ދެވުމުން ޤާޔީން އޭނާގެ ކޮއްކޮއަށް ހަމަލަދީ މަރާލިއެވެ.


ތެދުވެރިން ތިބޭނީ ސަލާމަތްކަމާއި އަމާންކަން މަތީގައެވެ. އެކަމަކު މަކަރުވެރިޔާ އޭނާ ހިނގާ ނުބައިމަގުން ކައްސާލައިގެން ވެއްޓި ބޭޒާރުވާނެއެވެ.


ކަލޭމެން ވެސް ވަނީ އެފަދައިންމެ. މީސްތަކުންނަށް ކަލޭމެން ފެންނަ ހިނދު ކަލޭމެންނަކީ ސާލިޙު ބައެއް ކަމުގައި ހީވޭ. ނަމަވެސް ކަލޭމެންގެ އެތެރެފުށް ވަނީ މުނާފިޤުކަމާއި އެންމެހާ ނުބައި ނުލަފާ ކަންތައްތަކުން ފުރިފަ.


ސިއްރުން ކުރެވިފައިވާ ހުރިހާ ކަމެއް ފާޅުވާނެ. އަދި ފޮރުވުމަށް މަސައްކަތް ކުރެވިފައިވާ ހުރިހާ ކަމެއް ހާމަވެ ފެންނާނެ.


ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”⁠މިހިރީ އަހަރެންގެ ދޮށީ ދަރިފުޅު މައިރަބު. ކަލޭ ކައިވެނި ކުރުމަށް އޭނާ ދޭން މިއުޅެނީ. އަހަރެން ކަލޭގެ ކިބައިން ބޭނުން ވާހާ ވެސް ކަމަކީ މާތްކަލާގެއަށް ޓަކައި ކުރަންޖެހޭ ހަނގުރާމަތައް ހިތްވަރާއެކު ކަލޭ ކޮށްދިނުން.⁠“ މިއީ ޝާއުލްގެފާނުގެ ރޭއްވެވުމެކެވެ. އެކަލޭގެފާނު ހިތްޕުޅުގައި އޮތީ މިހެންނެވެ. ”⁠އަހަރެންގެ އަތުން މީނާ މަރައެއް ނުލާނަން. އެކަންތައް ކުރުވާނީ ފިލިސްޠީނުން ލައްވާ.⁠“


”⁠އަހަރެން އޭނާއާ އެ ދަރިކަނބަލުން ދެވާނަން.⁠“ ޝާއުލްގެފާނު ހިތްޕުޅާ ހިތްޕުޅުން ވިދާޅުވިއެވެ. ”⁠އޭރުން އެކުއްޖާ ލައްވާ ދާއޫދުގެ ބޮލަށް އެރުވައިގެން ފިލިސްޠީނުން ލައްވާ އޭނާ މަރާލެވިދާނެ.⁠“ އެހެންވެ އަނެއް ފަހަރު ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”⁠މިއަދު އަނެއްކާވެސް ކަލެއަށް އަހަރެންގެ ދަނބިދަރިއަކަށް ވުމުގެ ފުރުސަތު ލިބިއްޖެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ