Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 26:24 - ކިތާބުލް މުޤައްދަސާ

24 ބައެއް މީހުން އެމީހުންގެ ހިތުގައިވާ ނަފްރަތުކަން އެމީހުން ބުނެލާ އޮމާން ބަސްތަކަކުން ފޮރުވާލައެވެ. އަސްލުގައި އެމީހުން ކަލެއަށް އޮޅުވާލަނީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 26:24
17 ပူးပေါင်းရင်းမြစ်များ  

ވީމާ، އެބައިމީހުންގެ ކޮއްކޮ ދީނާގެ ޢިއްފަތްތެރިކަން ޝަކީމް ފޭރިގަތުމުގެ ސަބަބުން ޔަޢުޤޫބުގެފާނުގެ އެންމެހާ ފިރިހެންދަރިން ޝަކީމް އާއި އޭނާގެ ބައްޕަ ޙަމޫރުއަށް މަކަރުހަދައި ލަނޑުދިނުމަށް ނިންމައި މިފަދައިން ޖަވާބު ދިނެވެ.


އަބްޝާލޫމް ދެންނެވިއެވެ. ”⁠ކަލޭގެފާނު ވަޑައިނުގަންނަވަންޏާ އަޅުގަނޑުގެ ބޭބެ އަމްނޫން އަޅުގަނޑާއެކު ފޮނުއްވާ.⁠“ ދާއޫދު ރަސްގެފާނު އަބްޝާލޫމް ކުރެން އެއްސެވިއެވެ. ”⁠އޭނާ ގެންދަން ކަލޭ ތިޔަ އުޅެނީ ކީއްކުރަން؟⁠“


އެންމެފަހުން އަބްޝާލޫމް އެތައް ވަރަކަށް ދަންނަވައިގެން ރަސްގެފާނު އެކަލޭގެފާނުގެ އެހެން ދަރިކަލުންތަކަކާއެކު އަމްނޫން ވެސް ދިއުމުގެ ހުއްދަ ދެއްވައިފިއެވެ.


ޔުއާބު ޢަމާސާކުރެން އެއްސެވެ. ”⁠ބޭބޭ، ހާލު ކިހިނެއްތަ؟⁠“ ދެން ޔުއާބު އޭނާގެ ކަނާތުން ޢަމާސާގެ ތުނބުޅީގައި ހިފައި ބޮސްދޭން އުޅޭ ގޮތް ދައްކާލިއެވެ.


ނަފްރަތުކަން ހިތުގައި ފޮރުވައިގެން ހުންނާނީ ދޮގުވެރިޔާއެވެ. ނެތިމޮށޭ މީހާ އަކީ މޮޔައެކެވެ.


ހީލަތްތެރިން ދެކެ މާތްރަސްކަލާނގެ ރުހިވޮޑިއެއް ނުގަންނަވައެވެ. އެކަލާނގެ ލޯބިވަނީ ތެދުވެރިން ދެކެއެވެ.


ތެދުވެރިޔާ ތެދު ހެކިދޭނެއެވެ. ދޮގުވެރިޔާ ދޭނީ ދޮގުހެއްކެވެ.


ހީލަތްތެރިޔާގެ ހިތުގައި ވާނީ ގެއްލުންދެނިވި ރޭވުންތަކެވެ. ސުލްޙަވެރިކަން ގެންނަން ރާވާ މީހާ ހުންނާނީ އުފަލުގައެވެ.


ތެދުވެރިން ކަންތައް ރާވާނީ އަދުލުވެރިކަމާ އެކުގައެވެ. ނުބައިމީހާ މަގުދައްކާނީ މަކަރުވެރި ކަމަށެވެ.


ބުއްދިވެރިންނަށް އެމީހުން ދާނެ މަގު ފެންނާން އޮވެއެވެ. މޮޔަ މީހާ އަމިއްލަ ނަފްސު އޮޅުވާލައެވެ.


އެމީހުން އަބަދުވެސް އެތަކެތީގެ އަގަށް ބަލާނެއެވެ. ”⁠ކާށޭ، ބޯށޭ⁠“ އެމީހުން ބުނާނެއެވެ. އެކަމަކު އެއީ އެމީހުން ހިތް އެދިގެން ބުނާ އެއްޗެއް ނޫނެވެ.


ޝާއުލްގެފާނު ދާއޫދަށް ވިދާޅުވިއެވެ. ”⁠މިހިރީ އަހަރެންގެ ދޮށީ ދަރިފުޅު މައިރަބު. ކަލޭ ކައިވެނި ކުރުމަށް އޭނާ ދޭން މިއުޅެނީ. އަހަރެން ކަލޭގެ ކިބައިން ބޭނުން ވާހާ ވެސް ކަމަކީ މާތްކަލާގެއަށް ޓަކައި ކުރަންޖެހޭ ހަނގުރާމަތައް ހިތްވަރާއެކު ކަލޭ ކޮށްދިނުން.⁠“ މިއީ ޝާއުލްގެފާނުގެ ރޭއްވެވުމެކެވެ. އެކަލޭގެފާނު ހިތްޕުޅުގައި އޮތީ މިހެންނެވެ. ”⁠އަހަރެންގެ އަތުން މީނާ މަރައެއް ނުލާނަން. އެކަންތައް ކުރުވާނީ ފިލިސްޠީނުން ލައްވާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ