Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 26:20 - ކިތާބުލް މުޤައްދަސާ

20 ދަރު ނެތް އުނދުނުގައި އަލިފާނެއް ރޮލެއް ނުވެއެވެ. ދޭތެރެޖެއްސުމެއް ނެތް ނަމަ އަރައިރުން ވުން ހުއްޓިދެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 26:20
6 ပူးပေါင်းရင်းမြစ်များ  

ފާސިދު މީހާ ފިތުނަ އުފައްދައެވެ. ދެބައޮޑުވުމުން ގާތް ރަޙުމަތްތެރިން ހަތުރުންނަށް ވެއެވެ.


ޖެއްސުން ކުރާ މީހާ ދުރަށްލާށެވެ. އޭރުން އަރައިރުން ހުއްޓިދާނެއެވެ. ޒުވާބު ކުރުމާއި ހަޑިއެއްޗެހި ކިއުން އޭރުން ފިލައިގެން ދާނެއެވެ.


ދެބައޮޑުވާ މީހާގެ ބަސްތަކަށް ވުރެން މީރު ކާއެއްޗެއް ނުހުރެއެވެ. އެބަސްތައް އަނގަޔަށް ވިރި ހިތުގެ ފުންމިނަށް ވަދެގެންދެއެވެ.


އެހެންވީމާ ދުލަކީ ވެސް އޭގެ ޒާތުގައި ކުޑަ ގުނަވަނެކެވެ. އެހެނަސް އެ ދުލަކީ ނުހަނު ބޮޑާ ބަސްތައް ބުނާ ގުނަވަނެއް ވެސް މެއެވެ. ޖަންގަލީގެ ބޮޑުކަމާއިމެދު ނިކަން ވިސްނައިބަލާށެވެ. އެހެނަސް ބޮޑު ޖަންގައްޔެއްގައި ހުޅު ޖެހުމަށް ބޭނުންވަނީ ނުހަނު ކުޑަކުޑަ އަލިފާން ކަންޏެކެވެ.


އަހަރެމެންގެ ދުލަކީ ވެސް ހަމަ އެފަދަ އަލިފާން ކަންޏެކެވެ. އޭގައި މުޅި ޙަޔާތް ބަރުބާދު ކުރުވާފަދަ ނުބައި ނުލަފާ އެތައް ކަމެއް އެކުލެވިފައިވެއެވެ. އެ ދޫ ނަރަކައިގެ އަލިފާނުގެ ގިނީގައި އަނދައި ދިއުމަށް ވެސް ދޫކޮށްލެވިގެން ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ