17 ބަޔަކު މީހުން ކުރާ ޒުވާބުގަނޑެއްގެ ތެރެއަށް ވަނުމެކޭ ކުއްތާއެއްގެ ކަންފަތުގައި ހިފައި ދަމައިގަތުމެކޭ އެއްފަދައެވެ.
ނުބައި މީހުން ހަމަނުޖެހުން އުފައްދަން އަވަސްވެގަނެއެވެ. އެކަމަކު އެމީހުންނަށް ގަދަފަދަ ސަޒާ ދެވޭނެއެވެ.
މޮޔައެއްގެ ބަސްތައް އަރާރުމަކަށް ވެދެއެވެ. އެންމެފަހުން އޭނާގެ ގަޔަށް އެތިފަހަރު އަރައިދެއެވެ.
ޒުވާބެއްގެ ތެރެއަށް ނުވަނުމަކީ ޝަރަފުވެރިންގެ ސިފައެކެވެ. އަރައިރުން ކުރިއަށް ގެންދާނީ މޮޔައިންނެވެ.
މީހަކަށް މަކަރެއް ހަދާފައި އެއީ ސަމާސާއެކޭ ބުނުމެކޭ މޮޔައަކު ތޫނު އަލިފާން ތީރު އުކުމެކޭ އެއްފަދައެވެ.
ކަލޯއަށް ގެއްލުމެއް ނުވާހާ ހިނދަކު ޒުވާބެއް ކޮށްލުމުގެ ބޭނުމުގައި މީހަކާ ޒުވާބެއް ނުކުރާށެވެ.
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންނަކީ ތިޔަދެކަލުންގެ ދެމެދުގައި އިންސާފު ކުރާ އަދި މުދާ ބަހާ ގާޒީ އެއް ކަމުގައި ޢައްޔަން ކުރީ ކާކު؟“