11 ކުއްތާ ހޮޑުލުމަށް ފަހު އެ ހޮޑު ކާން އެނބުރި އަންނަހެން މޮޔަމީހާ މޮޔަކަންތައް ކުރުމަށް އެނބުރި އާދެއެވެ.
ބޮއްތަކުގެ މުސީބާތުން ސަލާމަތްވުމުން ވެސް ފިރުޢައުނުގެ ގޮތެއް ދުލެއް ނުކުރެއްވިއެވެ. މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ފަދައިން މޫސާގެފާނާއި ހާރޫނުގެފާނު ގެ ބަސްފުޅެއް އެރަސްގެފާނު ނޭއްސެވިއެވެ.
ދެން ކަލޯ ބުނާނެއެވެ. ”އެމީހުން ތިމަން ގައިގައި ޖެހިއެވެ. އެކަމަކު ތިމަންނައަކަށް ތަދެއް ނުވިއެވެ. އެމީހުން ތިމަން ތަޅާ ތިރިކުރިއިރު ވެސް އެކަމެއް ނޭނގުނެވެ. އަނެއްކާ ވެސް ރާތައްޓެއް ބޯން ތިމަންނައަށް ހޭވެރިކަން އަންނާނީ ކޮން އިރަކުން ހެއްޔެވެ؟“
މޮޔައަކަށް ވަޒީފާ ދީގެން ގެންގުޅޭ މީހެކޭ ހިތަށް އެރި ދިމާއަކަށް ދުނި އުކާ މީހެކޭ ތަފާތެއް ނެތެވެ.
ވަނަކަށް އަޅައި ތަޅާ ހިމުން ކުރިޔަކަސް މޮޔައެއްގެ ކިބައިގައިވާ މޮޔަކަމެއް ނުފިލާނެއެވެ.
ދެން އެ ނުބައި ރޫޙު ބޭރަށް ގޮސް އެ އެއްޗާއި އެކުގައި އެއަށް ވުރެން ނުބައި އިތުރު ހަތް ރޫޙު ގޮވައިގެން އައިސް އެ ގޭގައި ދިރިއުޅެން ފަށާނެ. އެ ފަދަ މީހާގެ ހާލު އަދި ކުރިޔަށް ވުރެން ނުބައިވާނެ. މި ޒަމާނުގައި ދިރިއުޅޭ ނުބައި މީސްތަކުންގެ މައްޗަށް ވެސް މި އުސޫލުން ކަންތައް ހިނގާނެ.“
އެފަދަ މީހުންނާއިމެދު ހަރުބަސް އެކުލެވިގެންވާ ފޮތްކޮޅުގައި ބަޔާންވެގެން ވަނީ ތެދުކަން ހާމަވެއެވެ. ”ކުއްތާ ހޮޑުލައި އަދި އެނބުރިގޮސް އެ ހޮޑުތަކުގައި ދޫލާނޭ.“ އަދި ”އޫރު ދޮވެ ތާހިރު ވުމަށް ފަހު ކިސަޑު ތެރޭގައި ފުރޮޅޭނޭ.“