8 އަވަސް އަރައިގެން ސަރިޔަތަށް ނުދާށެވެ. ނޫނީ ކަލޭ ކުރި ދައުވާ ކާމިޔާބު ނުވެ އަވަށްޓެރިޔާގެ ކުރިމަތީގައި ލަދުގަންނަން ޖެހިދާނެއެވެ.
އަބްނައިރު ޔުއާބަށް ގޮވާފައި ބުންޏެވެ. ”އަހަރެމެން އެކަކު އަނެކަކު ކަތިލައި ހަދަންވީ ކިހާ ދުވަހެއް ވަންދެން؟ ހަނގުރާމައެއް ކޮށްގެން ހިތްދަތިކަމެއް ނޫން ކަމެއް ހާސިލުވޭތަ؟ ކަލޭގެ މީހުންނަށް ކަލޭގެ ތިމާގެ މީހުންނާ ދިމާ ކުރުން ހުއްޓާލަން އަންގާނީ ކޮން އިރަކުންތަ؟“
ރަނގަޅު މަގެއް ހެން ހީވާމަގެއް ކުރިމަތީގައި އޮވެދާނެއެވެ. އެމަގުން މަރާ ދިމާއަށް ވެސް ދެވިދާނެއެވެ.
އަރައިރުމެއް ފެށުމެކޭ ހިފަހައްޓާފައި ހުރި ފެންގަނޑެއްގެ ދޮރާށި ހުޅުވާލުމެކޭ އެއްފަދައެވެ. ޒުވާބެއް ފެށުމުގެ ކުރީގައި އެކަން ހުއްޓުވާށެވެ.
މޮޔައެއްގެ ބަސްތައް އަރާރުމަކަށް ވެދެއެވެ. އެންމެފަހުން އޭނާގެ ގަޔަށް އެތިފަހަރު އަރައިދެއެވެ.
ގެރިކިރު ހިލުމުން ބަޓަރު އުފެދޭ ފަދައިން ނޯށްމަތީ ޖެހުމުން ލޭ އަންނަ ފަދައިން ރުޅިގަނޑެއް ހިލުވާލުމުން ތަޅާފޮޅުންގަނޑެއް އުފެދޭނެއެވެ.
ވަގުތު ފާއިތުވެ ކޯޓަށް ގެންދިއުމުގެ ކުރިން ތިބާގެ ދެކޮޅުވެރިޔާ އާއި މެދުގައި ރަޙުމަތްތެރިކަން އުފައްދާ. ނޫނީ ތިބާގެ ދެކޮޅުވެރިޔާ ގާޒީ އާއި ތިބާ ހަވާލުކުރާނެ. އަދި ގާޒީ ތިބާ ޖަލަށް ލުމަށް ޙަވާލު ކުރާނެ.