Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 25:25 - ކިތާބުލް މުޤައްދަސާ

25 ދުރުން އަންނަ ހެޔޮ ޚަބަރެއް ފެންބޮވައިގެންފައި ހުންނަ މީހަކަށް ލިބޭ ފިނިފެން ތައްޓެއް ފަދައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 25:25
21 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޔޫސުފުގެފާނު ވިދާޅުވި ހުރިހާ ވާހަކަތަކެއް އެބައިމީހުން ޔަޢުޤޫބުގެފާނަށް ދެންނެވުމުންނާއި، އަދި ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގަތުމަށްޓަކައި ޔޫސުފުގެފާނު ފޮނުއްވި އަސްގާޑިޔާ ފެނިވަޑައިގަތުމުން އެކަލޭގެފާނު ހިތްޕުޅުހަމަޖެހި ވަޑައިގަތެވެ.


ދާއޫދުގެފާނު ރަށްމަތިން ހަނދުމަފުޅުވެ ނުހަނު ބޮޑަށް ފެންފޮދަކަށް ބޭނުންވިއެވެ. އެވަގުތު އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކޮންމެވެސް މީހަކު ބައިތުލަޙަމުގެ ދޮރާށިދޮށުގައި ހުރި ވަޅުން އަހަންނަށް ފެންފޮދެއް ގެނެސް ދޭނެ ނަމަ⁠“ އެވެ.


އަހަރެން އެވަގުތު ޙޫރީބު ފަރުބަދަ މަތީ ހުންނާނަން. އެ ފަރުބަދައިގެ ހިލައިގައި ކަލޭ ދަނޑިބުރިން ޖަހާ. އޭރުން އެހިލައިން ފެން އޮހިގެން އަންނާނެ. އަދި ކަލޭމެންގެ މީހުންނަށް އޭރުން ފެން ބޯން ލިބޭނެ.⁠“ އެހެންވެ އެގޮތުގެ މަތިން މޫސާގެފާނު އަސާކޮޅުން އެހިލައިގައި ޖެއްސެވުމުން އެތަނުން ފެން އޮހިގަތެވެ. އޭރު އެމީހުންގެ ބޮޑުން އެތަން ބަލަން ތިއްބެވެ.


އުފާވެރިކަން ފެނިލުމުން ހިތަށް ހިތްގައިމުކަން ލިބެއެވެ. ހެޔޮ ޚަބަރަކުން ސިއްޙަތަށް ފައިދާ ކުރެއެވެ.


ހެޔޮ މީހާ ނުބައި މީހެއްގެ ބަހަށް ލެނބުމެކޭ ތާޒާ ފައްވާރާއެއް ނުވަތަ ފެންއާރެއް ކިލާވުމެކޭ އެއްފަދައެވެ.


އެ ޢީދުގެ އެންމެ ފަހު އަދި އެންމެ މުހިންމު ދުވަހު އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައި އިންނަވާފައި އެންމެންގެ މެދަށް ކޮޅަށް ތެދުވެ ވަޑައިގެން ވަރަށް ބާރަށް ވިދާޅުވިއެވެ. ”⁠ފެން ބޮވައިގެންފައިވާ މީހަކު ވާނަމަ އެމީހަކު އަހަރެންގެ ގާތަށް އައިސް ފެން ބޮއެ!


މިއީ ތެދު ބުނުމެކެވެ. އަދި ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވޭނެ ފަދަ ތެދު ޙަޤީޤަތެވެ. އީސާ އަލްމަސީޙު ދުނިޔެއަށް ވަޑައިގެންނެވީ ފާފަވެރިން ސަލާމަތް ކުރެއްވުމަށްޓަކައެވެ. އަދި އެފަދަ ފާފަވެރިންގެ ތެރެއިން އަހަރެންނަކީ އެންމެ ނުބައި ފާފަވެރިޔާއެވެ.


ތަޚުތުގައި އިށީނދެ ވަޑައިގެން އިންނެވި ފަރާތުން އަހަރެންނަށް ވަޙީކުރެއްވިއެވެ. ”⁠ހުރިހާ ކަމެއްމެ ނިމިއްޖެ. އަހަރެންނަކީ އަލްފާ އަދި އޮމޭގާ. ފެށުމާއި ނިމުން ވެސް. ކަރުހިއްކައިގަނެފައިވާ ކޮންމެ މީހަކަށް ޙަޔާތުގެ ދިރުންދޭ ފެން އާރުން އަގަކާއި ނުލައި އަހަރެން ފެން ދޭނަން.


މާތްރަސްކަލާނގެ މާތްރޫޙުފުޅާއި އަދި އަލަތު އަނބިމީހާ ވިދާޅުވިއެވެ. ”⁠އާދޭ!⁠“ މިތަކެތި އަޑުއިވިގެންވާ ހުރިހާ އެންމެން ވެސް ކިޔާށެވެ. ”⁠އާދޭ!⁠“ ކަރު ހިއްކައިގަނެފައި ވާނަމަ ތިބާ އަންނާށެވެ. ޙަޔާތް ލިބިދޭ ފެނަށް އެދިގެންވާ ކޮންމެ ފަރާތަކުން އައިސް އެ ފެން ހޯދާށެވެ. އެ ފެނަކީ ހިލޭ ލިބިދޭނެ އެއްޗެއްމެއެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ