21 ކަލޭގެ އަދާވާތްތެރިޔާ ބަނޑުހައިގެންފައި ހުރިނަމަ ކާންދޭށެވެ. ފެންބޮވައިގެންފައި ހުރިނަމަ ފެން ދޭށެވެ.
އަދާވާތްތެރިޔާއަށް ދެރަގޮތެއް ދިމާވީމާ އުފާފާޅު ނުކުރާށެވެ. އޭނާ ވެއްޓުނީމާ އެކަމާ ނުހޭށެވެ.
އެއްވެސް މީހެއްގެ ކިބައިން ބަދަލު ހިފާނަމޭ ނުބުނާށެވެ. އެމީހަކު ކުރި ކަންތަކުގެ ބަދަލު ހޯދާނަމޭ ނުބުނާށެވެ.
ހިތްދަތިވެފައިވާ މީހާއަށް އުފާވެރި ލަވަތައް ކިޔާ ދިނުމެކޭ، ފިނި ދުވަހަކު އޭނާ ލާފައި ހުރި ކެހެރި ހެދުން ބޭލުވުމެކޭ، ނުވަތަ ފާރުގަނޑެއްގައި ރާހުތް އުނގުޅުމެކޭ އެއްފަދައެވެ.
އެކަމަކު ތިޔަބައިމީހުންގެ ޢަދާވާތްތެރިން ދެކެ ލޯބިވުމަށް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިޔަބައިމީހުންނަށް އިހާނާތްތެރިކޮށް ހިތާ މީހުންނަށް ހެޔޮ އެދި ދުޢާކުރޭ.
އަހަންނަށް ވެސް އެނގޭ އިސްރާއީލުގެ ރަސްކަން ލިބޭނީ ކަލެއަށް ކަން. އަދި އިސްރާއީލުގެ ރަސްކަން ގާއިމުވެގެން ދާނީ ކަލޭގެ ވެރިކަމުގައި ކަން.