20 ހިތްދަތިވެފައިވާ މީހާއަށް އުފާވެރި ލަވަތައް ކިޔާ ދިނުމެކޭ، ފިނި ދުވަހަކު އޭނާ ލާފައި ހުރި ކެހެރި ހެދުން ބޭލުވުމެކޭ، ނުވަތަ ފާރުގަނޑެއްގައި ރާހުތް އުނގުޅުމެކޭ އެއްފަދައެވެ.
ކަންނެތް މީހަކާ ކަމެއް ހަވާލު ނުކުރާށެވެ. އެއީ ތިމާގެ އަނގަޔަށް ރާހުތް އެޅުމެކޭ، ލޮލަށް ދުން ބުރުވުމެކޭ އެއްފަދަ ކަމެކެވެ.
މުސީބާތެއްގައި އިތުބާރެއް ނެތް މީހަކަށް ބަރޯސާވެގެން އުޅުމެކޭ ބިނދިފައިވާ ދަތަކުން ހަފަން އުޅުމެކޭ ނުވަތަ ކޮރު ފަޔަކުން ހިނގަން އުޅުމެކޭ ތަފާތެއް ނެތެވެ.
ކަލޭގެ އަދާވާތްތެރިޔާ ބަނޑުހައިގެންފައި ހުރިނަމަ ކާންދޭށެވެ. ފެންބޮވައިގެންފައި ހުރިނަމަ ފެން ދޭށެވެ.
ކަލޭމެން އީމާންތެރިކަމުގައިވެ ބަލިޙާލަތުގައިވާ މީހާއަށް ދުޢާ ކުރުމުން އެބައިމީހުންގެ ބައްޔަށް ޝިފާ ލިބި މާތްސާހިބާ އެބައިމީހުންގެ ބަލި ހެޔޮކޮށް ދެއްވާނެއެވެ. އަދި އެބައިމީހުން ފާފަވެރި ވެފައިވިނަމަވެސް އެކަލޭގެފާނު އެބައިމީހުންގެ ފާފަތައް ޢަފޫކޮށްދެއްވާނެއެވެ.