13 އިތުބާރު ކުރެވޭ ޕިޔޯނު މީހާ ހޫނުގަދަ ދުވަހެއްގައި ވެހޭ ފިނި ވާރޭ ފެން ފަދައެވެ. އޭނާ އޭނާގެ ސާހިބުމީހާގެ ފުރާނައަށް ތާޒާކަން ގެނުވައެވެ.
މީހެއްގެ ގާތު ބަހެއް ބުނުމަށް، އިތުބާރުނެތް މީހަކާ ހަވާލުކޮށް ފޮނުވުމުން ލިބޭނީ ގެއްލުމެވެ. އިތުބާރުހުރި މީހާގެ ކިބައިން ލިބޭނީ މޮޅެވެ.
އޭރުން ކަލޭ ތަނަކަށް ފޮނުވާ މީހެއްގެ ގާތަށް އެނބުރި އައިސް ތެދުބަސްތަކުން އެމީހުންނަށް ކިޔާދީ ޖަވާބު ދެވޭނެއެވެ.
ދުރުން އަންނަ ހެޔޮ ޚަބަރެއް ފެންބޮވައިގެންފައި ހުންނަ މީހަކަށް ލިބޭ ފިނިފެން ތައްޓެއް ފަދައެވެ.
މޮޔައަކަށް އިތުބާރުކޮށް އޭނާގެ އަތުގައި ސިޓީއެއް ފޮނުވުމަކީ އަމިއްލަ ފައި ކަނޑާލުން ނުވަތަ ޒަހަރެއް ބުއިން ފަދަ ކަމެކެވެ.