7 ބުއްދިވެރިކަމަކީ މޮޔައިންނަށް ފަހުމުވާ ވަރަށް ވުރެން މާނަ ފުން އެއްޗެކެވެ. މުހިންމު ކަމަކާ މެދު ވެރިން ޖަލްސާ ކުރާއިރު މޮޔައިން ބުނާނެ އެއްޗެއް ނޯވެއެވެ.
ޙިކުމަތަށް ފުރައްސާރަ ކުރާ މީހާއަކަށް ތަންދޮރެއް ނޭނގެއެވެ. އިލްމު ލިބެނީ ތަންދޮރު އެނގުމުންނެވެ.
ބުއްދިވެރިޔާ ދާނީ ޙަޔާތާ ދިމާއަށް ކުރިއަށެވެ. އެމީހުންގެ ކަށްވަޅުތަކަށް ވެސް ފުރަގަސް ދީފައެވެ.
ދަސްކުރަން ބޭނުން ނުވާ މޮޔައަކަށް ދަރުސް ދިނުމަށް ފައިސާތަކެއް ހޭދަކުރުމަކީ މާނައެއް ނެތް ކަމެކެވެ.
ހަމަ ވިސްނޭ މީހާ ބަލާނީ ޙިކުމަތާ ދިމާއަށެވެ. މޮޔައެއްގެ ލޯ ދުނިޔޭގެ ކަންކޮޅަށް ފޯރުވާނެއެވެ.
ހަމަ ޖެހޭ ވާހަކައެއް ދެއްކުމަކީ މޮޔަޔަކާ ނުގުޅޭ ކަމެކެވެ. ވެރިޔަކު ދޮގެއް ހެދުމަކީ އޭނާއާ ވެސް ނުގުޅޭ ކަމެކެވެ.
ފަގީރެއްގެ އަތުން އެއްޗެއް ވަގަށް ނެގެން އޮތަސް ނުނަގާށެވެ. އަދި ފަނޑިޔާރުގޭގައި މިސްކީނެއްގެ ޙައްޤަކަށް އަރައި ނުގަންނާށެވެ.
ނުބައިމީހުންނަކަށް އިންސާފުވެރިކަމެއް ނޭނގެއެވެ. އެކަމަކު މާތްރަސްކަލާނގެއަށް ބޯލަނބާ މީހުންނަށް އެކަންތައް ފުރިހަމައަށް އޮޅުންފިލައެވެ.
އޭނާގެ ފިރިމީހާއަކީ ރަށުގެ ބޮޑުންގެ މީހެކެވެ. އޭނާ އިށީނދެ އިންނާނީ އިއްޒަތްތެރިންގެ ޖަމާޢަތުގައެވެ.