6 ބުއްދިވެރި ލަފާއާއި ނުލައި ހަނގުރާމައަކަށް ނުދާށެވެ. ކާމިޔާބު ލިބުން އޮތީ ގިނަ ބައެއްގެ މަޝްވަރާއާ އެކުގައެވެ.
މޮޔަ ވެރިން ގިނަވެއްޖެނަމަ އެތަނެއް ހަލާކުވާކަށް ލަހެއްނެތެވެ. ހެޔޮ ވެރިން ގިނަ ތަނެއްނަމަ އެތަނެއް ރައްކާތެރިވާނެއެވެ.
ލަފާ ނުހޯދާނަމަ ރޭވުންތައް ކަސިޔާރު ވެދާނެއެވެ. ކާމިޔާބު ލިބެނީ މަޝްވަރާގެ މަތިންނެވެ.
ރޭވުންތައް ކާމިޔާބުވަނީ ރަނގަޅު މަޝްވަރާގެ މަތިންނެވެ. ބުއްދިވެރި ލަފަޔަކާ ނުލައި ހަނގުރާމައަކަށް ނުދާށެވެ.
ދިހަ ހާސް ސިފައިން ވާ ރަސްކަލަކު އޭނާ އާއި އިދިކޮޅަށް ވިހި ހާސް ސިފައިން ގޮވައިގެން ހަނގުރާމައަށް އަންނަ ރަސްގެފާނު ބަލިކުރެވިދާނޭ ތޯ ފުރަތަމަ ނުވިސްނާ ފިޔަވަޅެއް އަޅާނެ ތަ؟
އަހަރެންނަށް ކުރެވުނީ ރަނގަޅު ހަނގުރާމައެކެވެ. އަހަރެން އީމާންކަމުގައި ދެމިހުރެ ޙަޔާތުގެ ރޭސް ނިންމީމެވެ.