34 ހައިހޫނުކަން އައިސް މަގުފޭރޭ މީހަކު ފަދައިން ގަދަވެގަންނާނެއެވެ. ހަތިޔާރާއެކު އައިސް ކަލޯ ލޫޓުވާލާނެއެވެ.
ކަންނެތްކަން މީހާ ފަގީރު ކުރުވައެވެ. ގަދަ މަސައްކަތް މީހާ މުއްސަނދި ކުރުވައެވެ.
ކަންނެތް މީހާ ކިތަންމެ ބޭނުންވިޔަސް އެކައްޗެއް ވެސް ނުލިބެއެވެ. ބުރަ މަސައްކަތް ކުރާ މީހާއަށް ހުރިހާ އެއްޗެއް ލިބެއެވެ.
ކަންނެތް މީހާއެކޭ ފަނާކުރާ މީހެކޭ ތަފާތެއް ނެތެވެ.
ކުޑަކޮށް ނިދާލައި، ކުޑަކޮށް އަރާމުކޮށްލައި، ކުޑަކޮށް އަތްއުރާލުމުން،
މިއީ ސުލައިމާނުގެފާނު ވިދާޅުވި ހަރުބަސްފުޅުތަކެކެވެ. މި ބަސްފުޅުތައް ލިއުއްވީ ޔަހޫޛާގެ ރަސްގެފާނު ޙަޒަޤިއްޔާގެ ކާތިބުންނެވެ.
ބުރަމަސައްކަތް ކުރާ މީހާއަށް ގިނަ އަދަދެއްގެ ކާނާ ލިބެއެވެ. ހުވަފެނެއްގެ ފަހަތުން ދުވާ މީހާއަށް ލިބެންއޮތީ ހައިހޫނުކަމެވެ.
”އަހަރެން ކުޑަ އިރުކޮޅަކަށް ނިދަން ޖައްސާލާނަމެވެ. ކުޑަ އިރުކޮޅަކަށް ބޯދަށަށް އަތް ލައްވާލާނަމެވެ.“
މިހެން ހިތާ ނިދާލާ ވަގުތު ހައިހޫނުކަން އައިސް ފޭރޭ މީހަކު ހެން ކަލޭމެންގެ މައްޗަށް ޖެހިގަންނާނެއެވެ. ލޫޓުވާ މީހަކު ފަދައިން ހަމަލަ ދީފާނެއެވެ.