29 އެއްވެސް މީހެއްގެ ކިބައިން ބަދަލު ހިފާނަމޭ ނުބުނާށެވެ. އެމީހަކު ކުރި ކަންތަކުގެ ބަދަލު ހޯދާނަމޭ ނުބުނާށެވެ.
ބަދަލު ހިފަން އުޅެނުގަންނާށެވެ. އެކަންތައް މާތްރަސްކަލާނގެ ހިންމަވައި ދެއްވާނެއެވެ. އެއިރަކަށް އިންތިޒާރު ކުރާށެވެ.
އެއްވެސް މީހަކު ނުބައި ކަމެއްގެ ބަދަލު ނުބައި ކަމެއް ކުރިޔަ ނުދިނުމަށް ޔަޤީންކުރާށެވެ. ނަމަވެސް އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށް އަބަދުމެ ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ހަމައެހެންމެ ހުރިހާ އެންމެންނާއި މެދުގައި ވެސް މެއެވެ.