ހަރުބަސްތައް 24:23 - ކިތާބުލް މުޤައްދަސާ23 މިއީވެސް ބުއްދިވެރި ބަސްތަކެވެ. އަދުލު އިންސާފުގައި ގާތް މީހަކަށް ފަހިވާގޮތަށް ނިޔާކަނޑަނާޅާށެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް މާތްރަސްކަލާނގެ ދެއްވާ ޙިކުމަތްތެރިކަން ލިބިގެންވާ ފަރާތްތައް ވާނީ ހެޔޮ ގޮތުގައި ތާހިރުވެގެންނެވެ. އެބައިމީހުން އަނެކުންނާއެކު ސުލްޙަވެރިކަން މަތީ ޙަޔާތު ވޭތުކުރެއެވެ. އެބައިމީހުންނީ ހިތްތިރި ބައެކެވެ. ކެތްތެރި ކަމުގައިވެ އަނެކުންގެ ވާހަކަތައް އެހުމުގައިވެއެވެ. އެބައިމީހުންނީ އޯގާތެރި ކަމާއި އެހީތެރިކަމުގައިވާ ބައެއް ވެސްމެއެވެ. އެއްބަޔަކަށް ވުރެން އަނެއްބަޔަކަށް އެބައިމީހުން އިސްކަމެއް ނުދެއެވެ. އެބައިމީހުންނީ ދެފުށް ދެގޮތް ބައެއް ވެސް ނުމެނޫންމެއެވެ.
އަދި ހަނދާންކުރާށެވެ. ތިޔަބައިމީހުން ދުޢާ ދަންނަވާ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ފައިސަލާ ކުރައްވާހިނދު ވަކިމީހަކަށް ވަކިގޮތެއް ނުހައްދަވައެވެ. އެކަލާނގެ ފައިސަލާ ކުރައްވާނީ ތިޔަބައިމީހުން ކުރި ޢަމަލެއްގެ މައްޗަށެވެ. އެހެންވީމާ ތިޔަބައިމީހުން ބިދޭސީންގެ ގޮތުގައި މިބިންމަތީގައި ވާހިނދު އެކަލާނގެއަށް ޤަދަރުކޮށް ބިރުވެތިކަން މަތީ ވޭތިކުރާށެވެ.