13 ދަރިފުޅާއެވެ. މާމުޔަކީ ފައިދާހުރި އެއްޗެކެވެ. މާމުއި ހަތާ އަކީ ފޮނިރަހަ ދޭ އެއްޗެއް ވެސް މެއެވެ.
ހެޔޮ ބަސްތަކަކީ މާމުއިފަދަ އެއްޗެކެވެ. އެއިން ނަފްސަށް ފޮނިކަން ގެނެސް ދެއެވެ. އަދި ފުރާނައަށް ދުޅަހެޔޮކަން ގެނެސްދެއެވެ.
މާމުއި ކަލެއަށް މީރުހެއްޔެވެ؟ އެވެސް މާގިނައިން ނުބޯށެވެ. ނޫނީ ކަލޭ ބަލިވެދާނެއެވެ.
މާގިނައިން މާމުއި ބުއިން ރަނގަޅެއް ނޫނެވެ. ތިމާ އަމިއްލައަށް ޝަރަފު ހޯދައިގަންނަން އުޅުން ވެސް ރަނގަޅެއް ނޫނެވެ.
ބަނޑުފުރިފައިވާ މީހާއަށް މާމުއި ލިބުނަސް ނުބޮއެވެ. އެކަމަކު ހައިވެފައި ހުންނަ މީހާއަށް ހިތި ހަބަރުގައި ވެސް ފޮނިރަހަ ލައިފާނެއެވެ.
ޔަޙުޔާގެފާނު ތުރުކުރައްވައިގެން ހުންނެވީ ޖަމަލުކެހެރިން ހައްދަވާފައިވާ ހެދުންކޮޅެކެވެ. އަދި އުނަގަނޑުގެ ވަށައިގެން ހަމުގެ ކަމަރެއް އަޅާފައި އޮތެވެ. އެކަލޭގެފާނު ގޮއްފުޅަނތްގާއި ރޯ މާމުއި ފަރިއްކުޅުއްވިއެވެ.
އެހެނަސް ޔޫނަތައިން އަކަށް އޭނާގެ ބައްޕަގެ މި މަތިކުރުވި ހުވާގެ ޚަބަރު އިވިފައެއް ނެތެވެ. އެހެންކަމުން އޭނާ ދަޑިބުރިއަކުން އެތަނުން މާމުއި ހަތައެއްގައި ޖައްސައި ތެންމައިގެން އަނގަޔަށް ލިއެވެ. އެއާއެކު އޭނާގެ ގައިގައި ވަރުޖެހިއްޖެ އެވެ.