1 ނުބައި މީހުން އުޅޭގޮތަށް އުޅެން ހިތް ނޭދޭށެވެ. އެމީހުންނާ ގުޅިގެން އުޅެން ނޭދޭށެވެ.
ބުއްދިވެރި ރަޙުމަތްތެރިންގެ ކިބައިން ލިބޭނީ ވިސްނުމެވެ. މޮޔަ ރަޙުމަތްތެރިންގެ ގާތުން ދަސްވާނީ ހަލާކުގެ މަގެވެ.
ފާފަވެރިން އުޅޭގޮތަށް އުޅެން ހިތް ނޭދޭށެވެ. އަބަދުވެސް މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވާށެވެ.
ނުބައިމީހުންނާމެދު ހަސަދަވެރި ނުވާށެވެ. އެފަދަ މީހުން ކުރާކަންތަކާ އަޅާނުލާށެވެ.
އަނިޔާވެރިންގެ ގޮތްތަކަށް ހިތް ލަންބައި އެމީހުންގެ މިސާލުގައި ނުހިފާށެވެ.
ވިޔާނުދާ ނުލަފާ މީހުން ދައްކާ މަގުން ނުހިނގާށެވެ.
އެމީހުންނަށް ފުރަގަސްދީފައި އެހެން މަގަކުން ދާށެވެ.