7 އެމީހުން އަބަދުވެސް އެތަކެތީގެ އަގަށް ބަލާނެއެވެ. ”ކާށޭ، ބޯށޭ“ އެމީހުން ބުނާނެއެވެ. އެކަމަކު އެއީ އެމީހުން ހިތް އެދިގެން ބުނާ އެއްޗެއް ނޫނެވެ.
ވަފާތެރިކަން އިންސާނާއާ ދިމާއަށް މީހުންގެ ހިތްތައް ލަންބުވާލައެވެ. ދޮގުވެރިކަމަށް ވުރެން ފަގީރުކަން ވެސް މާހެވެވެ.
މުށި ގުޅިއެއްގެ ބޭރުގައި ލާފައި ހުންނަ އޮފެއް ފަދައިން އޮމާން ބަސްތައް މަކަރުވެރި ނިޔަތް ފޮރުވައެވެ.
ބައެއް މީހުން އެމީހުންގެ ހިތުގައިވާ ނަފްރަތުކަން އެމީހުން ބުނެލާ އޮމާން ބަސްތަކަކުން ފޮރުވާލައެވެ. އަސްލުގައި އެމީހުން ކަލެއަށް އޮޅުވާލަނީއެވެ.
އެމީހުން މާ އޯގާވެރިކަމަށް ހެދިގެން އުޅެނީއެވެ. އެކަމަކު އެމީހުންގެ ހިތްތަކުގައި ވަނީ ނަފްރަތު ކަމެވެ.
އީސާގެފާނަށް ދަޢުވަތު ދިން ފަރީސީނުގެ މީހާއަށް މިތަން ފެނުމުން އޭނާ ހިތާހިތާ ކިޔެވެ. ”މިމީހާއަކީ ރަސޫލަކު ނަމަ އޭނާގެ ގައިގައި އެއަތްލަނީ ކޮންކަހަލަ މީހެއްކަން އަދި މި އަންހެންމީހާއަކީ ކޮންކަހަލަ މީހެއްކަން އެނގުނީހެއް ނޫން ހޭ؟ މި އަންހެން މީހާއަކީ ފާފަވެރިއަކުކަން އެނގުނީހެއް ނޫން ހޭ؟“