Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 23:4 - ކިތާބުލް މުޤައްދަސާ

4 މުއްސަނދިވާހިތުން ތެޅިނުފޮޅޭށެވެ. ފުދޭވަރު ވުމުން އެކަން ދަންނަން ވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 23:4
17 ပူးပေါင်းရင်းမြစ်များ  

ދަހިވެތިކަން އާއިލާއަށާއި ގެޔަށް ހިތާމަ ގެނުވައެވެ. ރިޝްވަތާ ދެކޮޅު މީހާ ދިރިހުރެއެވެ.


ތިމާ އަމިއްލައަށް ތިމާއަކީ މާ ވިސްނޭ މީހެއްކަމަށް ހީކޮށް ހުންނަ މީހާއަށް ވުރެން އެންމެ ގަމާރު މީހާ ވެސް މާ ބުއްދިވެރިއެވެ.


އެހެނީ މީހާގެ މުއްސަނދިކަން އަބަދަކު ދެމިއެއް ނުހުރެއެވެ. ތިމާގެ ތާޖު ތިމާގެ ދަރިދަރިކޮޅަށް ދެމިގެން ނުގޮސްފާނެއެވެ.


އިތުބާރުހިފޭ މީހާއަށް މާތްރަސްކަލާނގެ ކިބަފުޅުން މަތިވެރި ބަރަކާތް ލިބެއެވެ. އަވަހަށް މުއްސަނދިވެގަންނަން އުޅޭ މީހާއަށް އޮތީ މުސީބާތެވެ.


މާތްރަސްކަލާނގެއަށް ހިތުގެ ފުންމިނުން އިތުބާރު ކުރާށެވެ. ތިމާއަށް މާބޮޑަށް އެނގޭކަމަށް ހީނުކުރާށެވެ.


ކަލޯތީ މާމޮޅު މީހެއްކަމަށް ހީކޮށް ނުހުންނާށެވެ. އަބަދުވެސް މާތްރަސްކަލާނގެއަށް ބިރުވެތިވެ ނުބައި މަގަށް ފުރަގަސްދޭށެވެ.


”⁠ތިޔަބައިމީހުންގެ ޚަޒާނާތައް މި ދުނިޔޭގައި ރައްކާތެރި ނުކުރޭ. ބަޅިނދުތައް އެ ކައި، އަދި އެ ތަކެތީގައި ދަބަރު ޖަހައި އެ ޚަޒާނާތައް ނެތިވެދާނެ. އަދި ވަގުން އައިސް އެ ޚަޒާނާތައް ހުރި ގުދަން ހަލާކު ކޮށްލުމަށް ފަހު ވަގަށް ނަގައިފާނެ.


ނަމަވެސް ދުނިޔަވީ ކަންތައްތަކާ މެދު ކަންބޮޑުވެ، މުއްސަނދިކަމަށް ލޯބިކުރާ މީހުން. އަދި އެފަދަ މީހުންގެ ހިތުގައިވާ ދުނިޔަވީ އެދުންތައް ފުނިޖެހި މާތްރަސްކަލާނގެ ބަސްފުޅުތައް ފިއްތައި ހަފުސް ކޮށް އެ ބަސްފުޅުތަކުން ރަނގަޅު ނަތީޖާއެއް ނެރެވުނަކަ ނުދިން.


ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.⁠“


ފައިސާ ދެކެ ލޯބި ނުވާށެވެ. އަތުގައި ހުރި މިންވަރަކާ މެދު ރުހިގެން ތިބޭށެވެ. އެހެނީ މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ ތިމަންކަލާނގެ ކަލޭމެން އެއްލަވާ ނުލައްވާނަމޭ އެވެ. އަދި ކަލޭމެން ދޫކޮށް ވެސް ނުލައްވާނަމޭ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ