Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 23:34 - ކިތާބުލް މުޤައްދަސާ

34 ކަނޑުގައި ދަތުރުކުރަމުން ދާ މީހެއް ހެން ހޫރެމުން ކަލޯ ހިނގާނެއެވެ. ހެލޭ ކުނބެއްގައި އެލިގެން ހުންނަ މީހެއްގެ ގޮތަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 23:34
14 ပူးပေါင်းရင်းမြစ်များ  

ދެން އަބްޝާލޫމް އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”⁠ހުޝިޔާރުވެ އަމްނޫނަށް ބަލަންތިބޭތި. އޭނާ މަސްތުވީމާ އަހަރެން އަންގާލާނަން. ދެން ކަލޭމެން ގޮސް އަމްނޫނަށް ހަމަލަދީ މަރާލާ. ކަލޭމެން ކުރަނީ އަހަރެން އެންގި ކަމެއް. ކަލޭމެންނަށް އެކަމުގެ އަދަބު ލިބިދާނެތީ ބިރެއް ގަންނާނެ ކަމެއްނެތް. ހިތްވަރުގަދަ ފަހުލަވާނުންގެ ގޮތުގައި ކަންތައް ކުރޭ!⁠“


އިނބަރަސްކަލާނގެ ފުމެލެއްވުމުން ކަނޑު ކެވިއަރައިގެން ދިޔަ. ބޮޑު ފާރެއް ހެން ދެފަރާތުގައި ކަނޑުގެ ލޮނުގަނޑު އަރާފައި ހުރި. ކަނޑުގެ ފުނުގައިވާ ލޮނުގަނޑު ހަރުވެ އުފުލިފައި ހުރި.


އޭރުން ކަލޯގެ ސިކުނޑިއަށް އޮޅުންބޮޅުން ވެފައިވާ މަންޒަރުތައް ފެންނާނެ އެވެ. ކަލޯ ކޮސް ގޮވާނެއެވެ.


ދެން ކަލޯ ބުނާނެއެވެ. ”⁠އެމީހުން ތިމަން ގައިގައި ޖެހިއެވެ. އެކަމަކު ތިމަންނައަކަށް ތަދެއް ނުވިއެވެ. އެމީހުން ތިމަން ތަޅާ ތިރިކުރިއިރު ވެސް އެކަމެއް ނޭނގުނެވެ. އަނެއްކާ ވެސް ރާތައްޓެއް ބޯން ތިމަންނައަށް ހޭވެރިކަން އަންނާނީ ކޮން އިރަކުން ހެއްޔެވެ؟⁠“


އޭ ލަމޫއީލް އެވެ. ރަސްކަލުން ރާފޮދު ހިއްޕަވާކަށް ނުވާނެއެވެ. ވެރިން ބަނގުރަލަށް އެދުންވެރި ވެގެން ނުވާނެއެވެ.


ނޫޙުގެފާނު ނައުކޮޅަށް އަރާ ވަޑައިގަންނަވާންދެން މީސްތަކުން ކައިބޮއި، މީހުންނާއި އިނދެ އަދި އެބައިމީހުންގެ ދަރިން ކައިވެނިކުރުވާ ހެދި.


ބަލައިގެން އުޅޭ. ނޫނީ ކަލޭމެންގެ ހިތްތައް ފާފަވެރި ދިރިއުޅުމެއްގެ ތެރެއަށް ވެއްޓިދާނެ. އޭރުން ރާބޮއިގެން އަމަލު ވުމާއި ދިރިއުޅުމުގެ އުނދަގޫތަކާއި ހާސްކަން ކުރިމަތި ވާނެ. ދެން ކަލޭމެން ހީވެސް ނުކޮށް ނުވިސްނާ ތިއްބާ އެދުވަސް އައިސް


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ