32 އެންމެފަހުން އެވިހަގަދަ ހަރުފައެއްހެން ދަތްއަޅައި ވިހަލާފާނެއެވެ.
އެމީހުންގެ އަސާތައް ވައްޓާލުމުން އެ އަސާތައް ވެސް ހަރުފަތަކަށް ބަދަލުވިއެވެ. އެކަމަކު ހާރޫނުގެފާނުގެ އަސާކޮޅުން އެ ހުރިހާ ހަރުފަތަކެއް ކާލިއެވެ.
ރަލަކީ މީހާ އަޑުގަދަ މޮޔަ އަކަށް ހަދާލާ އެއްޗެކެވެ. ރަލުގެ އަވާގައި ޖެހޭ މީހުންނީ ބުއްދިވެރިންނަކަށް ނުވާނެއެވެ. އެމީހުންގެ ކިބައިން ފެށޭނީ އަރައިރުމެކެވެ.
އެންމެފަހުން ކަލޯ ހިކި އަނަރޫފަވެ ބަލި އެނދުގައި ރޮއިރޮއި އޮންނަން ޖެހިދާނެއެވެ.
ރަލުގެ މަސްތުގައި ޖެހި މަސްތުނުވާށެވެ. ސަބަބަކީ މަސްތުވުމަކީ އިންސާނާގެ ޙަޔާތު ވީރާނާކުރުވާ ކަމެކެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކުރުވައި އެކަލާނގެ ބާރުފުޅުގެ ދަށުގައި ތިޔަބައިމީހުން ވާށެވެ.