Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 23:31 - ކިތާބުލް މުޤައްދަސާ

31 ރާ ތައްޓަށް ނުބަލާށެވެ. އޭގައިވާ ރަތްކުލަ ފެނި އެތަށީގެ ވިދުވަރަށް ނުހެއްލޭށެވެ. އެ ބޯއިރު އަރުތެރޭން ދެމިގެންދާ އޮމާންކަން ހިތަށް ނުގެންނާށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 23:31
9 ပူးပေါင်းရင်းမြစ်များ  

އެއްދުވަހަކު މެންދުރުފަހު އަވަހާރަފުޅުން ތެދުވެ ވަޑައިގެން ގަނޑުވަރުގެ މަތީބުރީ ހާމަތަނަކަށް ނުކުމެވަޑައިގެން ދެކޮޅަށް ހިންގަވަން ހުންނެވިއެވެ. އެކަލޭގެފާނު އެތާ މަތީ ހުންނަވަނިކޮށް ފެންވަރަން ހުރި އަންހެނަކު ފެނިވަޑައިގަތެވެ. އެއީ ވަރަށް ރީތި އަންހެނެކެވެ.


އެފަދަ މީހެއްގެ ރީތިކަމާއި ހިތްދަމައިގަންނަ ކަތި ނަޒަރުތަކުގެ ޖާދޫގައި ނުޖެހޭށެވެ.


އަދި ތިބާގެ ލޮލަކުން ފާފަތަކަށް އަރައިގެންފިނަމަ އެ ލޮލެއް ނަގާ! އެއީ ދެ ލޮލާއިއެކު ނަރަކަޔަށް ހުށަހެޅި ގަތުމަށް ވުރެން އެއް ލޮލާއި އެކު މާތްރަސްކަލާނގެ ރަސްކަންފުޅަށް ދިއުން މޮޅުއިތުރު ވެގެންވާތީ.


ރަލުގެ މަސްތުގައި ޖެހި މަސްތުނުވާށެވެ. ސަބަބަކީ މަސްތުވުމަކީ އިންސާނާގެ ޙަޔާތު ވީރާނާކުރުވާ ކަމެކެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކުރުވައި އެކަލާނގެ ބާރުފުޅުގެ ދަށުގައި ތިޔަބައިމީހުން ވާށެވެ.


ދުނިޔޭގެ މިލްކުވެރިކަމުގެ ތެރޭގައި ހިމެނޭ ފާފަވެރި ނަފްސުގެ އެދުންތަކާއި ލޮލަށް ފެނި ހިތް އެދޭ ތަކެއްޗާއި، އެތަކެއްޗެއް ހާސިލުވުމުން އެމީހުން ބޮޑާވެގަންނަ ތަކެއްޗާއި ކަންކަމަކީ ބައްޕާފުޅުގެ ކިބަފުޅުން އަންނަ ތަކެއްޗާއި ކަންކަމެއް ނޫނެވެ. މިހުރިހާ އެއްޗެއް އަންނަނީ ދުނިޔެމަތިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ