Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 23:29 - ކިތާބުލް މުޤައްދަސާ

29 ވޭނުގައި ހުރީ ކާކުހެއްޔެވެ؟ މޮޅިވެރިކަން މަތީ ހުރީ ކާކުހެއްޔެވެ؟ އަބަދު އަރާރުން ވަނީ ކާކުހެއްޔެވެ؟ އަބަދު ޝަކުވާ ކުރަނީ ކާކުހެއްޔެވެ؟ ކަމަކާ ނުލާ ޒަޚަމްވެފައި ހުރީ ކާކުހެއްޔެވެ؟ ދެލޯ އަނގުރު އަލިފާންހެން ރަތްވެފައި ހުރީކާކުގެ ހެއްޔެވެ؟

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 23:29
16 ပူးပေါင်းရင်းမြစ်များ  

އެރޭ ލޫޠުގެފާނުގެ ދެއަންހެން ދަރިން އެކަލޭގެފާނަށް އަމަލުވަންދެން ރާބޯންދިނެވެ. ދެން ދޮށީއަންހެން ދަރިފުޅު އެކަލޭގެފާނާ އެކު ޖިންސީގުޅުން ހިންގައިފިއެވެ. ނަމަވެސް އޭނާ އޮށޯއްކަމެއް އަދި ތެދުވިކަމެއް ވެސް ލޫޠުގެފާނަކަށް އެނގިވަޑައެއް ނުގަތެވެ.


”⁠މޭބިސްކަދުރުގެ ދިޔައަށް ވުރެން އެކަލޭގެފާނުގެ ލޯފުޅުގެ ކުލަ ގަދަވެގެން ވާނެ. އަދި އެކަލޭގެފާނުގެ ދަތްޕިލާފުޅު ބޯކިރު ފަދައިން ހުދުކުލައިގައިވާނެ.⁠“


ދެން ދާއޫދުގެފާނު އުރިއްޔާ ގެންނަވައި އޭނާއާއެކު ފަރީއްކުޅުއްވައި ހައްދަވައިފިއެވެ. އަދި އުރިއްޔާ މަސްތު ވެސް ކުރުއްވައިފިއެވެ. އެވަރުން ވެސް އޭނާ ގެޔަކަށް ނުދިޔައެވެ. އެރޭ ވެސް އުރިއްޔާ ނިދީ ރަސްގެފާނުގެ ގަނޑުވަރުގެ ޚާދިމުންގެ ތެރޭގައި ކުނާއަޅައިގެން އޮވެއެވެ.


ދެން އަބްޝާލޫމް އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”⁠ހުޝިޔާރުވެ އަމްނޫނަށް ބަލަންތިބޭތި. އޭނާ މަސްތުވީމާ އަހަރެން އަންގާލާނަން. ދެން ކަލޭމެން ގޮސް އަމްނޫނަށް ހަމަލަދީ މަރާލާ. ކަލޭމެން ކުރަނީ އަހަރެން އެންގި ކަމެއް. ކަލޭމެންނަށް އެކަމުގެ އަދަބު ލިބިދާނެތީ ބިރެއް ގަންނާނެ ކަމެއްނެތް. ހިތްވަރުގަދަ ފަހުލަވާނުންގެ ގޮތުގައި ކަންތައް ކުރޭ!⁠“


ރަލަކީ މީހާ އަޑުގަދަ މޮޔަ އަކަށް ހަދާލާ އެއްޗެކެވެ. ރަލުގެ އަވާގައި ޖެހޭ މީހުންނީ ބުއްދިވެރިންނަކަށް ނުވާނެއެވެ. އެމީހުންގެ ކިބައިން ފެށޭނީ އަރައިރުމެކެވެ.


ރާބޯމީހުންނާ ގާތްކަން ނުބަހައްޓާށެވެ. އަބަދު ކެއުމައިގެން އުޅޭ މީހުންނާއެކު ކައިބޮއި ނަހަދާށެވެ.


އެހެނީ އެމީހުން އެދަނީ ތަދުމަޑުކަމާ ދިމާއަށެވެ. އެމީހުންގެ ނިދި ގިނަވެ، ލާން ޖެހޭނީ ވީދިފައި ހުންނަ ބާހެދުމެވެ.


ރަލުގެ މަސްތުގައި ޖެހި މަސްތުނުވާށެވެ. ސަބަބަކީ މަސްތުވުމަކީ އިންސާނާގެ ޙަޔާތު ވީރާނާކުރުވާ ކަމެކެވެ. އޭގެބަދަލުގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކުރުވައި އެކަލާނގެ ބާރުފުޅުގެ ދަށުގައި ތިޔަބައިމީހުން ވާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ